75 އަހަރާ ހަމައަށް ވަޒީފާގައި ދެމި ހުންނަން ބޭނުންވާ އިސްރަށްވެހިންނަށް އެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން، އަހަރުން އަހަރަށް އާކުރާ ކޮންޓްރެކްޓް ވަޒީފާއެއް ރަސްމީ ނިޒާމުގެ ތެރެއިން ލިބޭނެ ގޮތަށް "ރީއެމްޕްލޮއިމަންޓް" ގާނޫނު ތަސްދީޤުކޮށް ވަޒީފާ އަދާކުރުމުގެ ފުރުސަތު ފަހިކުރެވިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ދެއްވި ރިޔާސީ ބަޔާނުގައެވެ. އެގޮތުން، މި ނިންމެވުމަކީ ނަފްސާނީ ގޮތުންނާއި، އިޖްތިމާޢީ ގޮތުންނާއި އިޤްތިޞާދީ ގޮތުން އިސްރަށްވެހިންނަށް ފައިދާކުރާނެ ނިންމެވުމެއް ކަމުގައި ރައީސް ވަނީ ފާހަގަކުރައްވާފައެވެ.