ރައްޔިތުންގެ ގާތަށް ރައީސް، އަމިއްލަފުޅަށް ވަޑައިގެން ދަނީ ސަރުކާރު ޖަވާބުދާރީ ކުރައްވަމުން: އަލީ އާރިފް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
ރައްޔިތުންގެ ގާތަށް ރައީސް، އަމިއްލަފުޅަށް ވަޑައިގެން ދަނީ ސަރުކާރު ޖަވާބުދާރީ ކުރައްވަމުން: އަލީ އާރިފް

ރައްޔިތުންގެ ގާތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަމިއްލަފުޅަށް ވަޑައިގެން، ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އަލީ އާރިފް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރު ޖަވާބުދާރީ ކުރުވަން ވޯޓު ދިނުމަށް އެދެމުންދާ ކަމަށެވެ. ނަމަވެސް، އެހެން ބަޔަކު އެކަން ކުރޭތޯ ބަލަން ރައީސް މުއިއްޒު މަޑުނުކުރައްވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަލީ އާރިފް ވިދާޅުވި ގޮތުގައި، ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ވަޒީރުންނާއި ކުންފުނިތަކުގެ އެމްޑީން ގޮވައިގެން ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ގާތަށް ސީދާ ވަޑައިގަންނަވަމުންނެވެ. އަދި ރައްޔިތުންގެ ދަރުބާރުތަކުގައި ރައީސް އަމިއްލަފުޅަށް ސަރުކާރު ޖަވާބުދާރީ ކުރުވަމުން ގެންދަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، މިހާރުވެސް ސިލްސިލާ ގޮތެއްގައި ރައްޔިތުންގެ އެކި ފަންތީގެ އަދި އެކި ގިންތީގެ މީހުންގެ ގާތަށް ރައީސް އަމިއްލަފުޅަށް ވަޑައިގެން ޖަވާބުދާރީވެވަޑައިގަންނަވަމުން ގެންދަވާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "މަދު މީސްކޮޅެއްގެ ބަދަލުގައި ރައީސް ވަޑައިގަންނަވަނީ ސީދާ ރައްޔިތުންގެ ދަރުބާރަށް" ކަމަށް އަލީ އާރިފް ވިދާޅުވިއެވެ.

މިއަދު އޮންލައިން