ރޯދަހަދިޔާއަށް މަސްދަޅުކޭސް ބެހުން ހުއްޓާލައިފި! ނުލިބޭ މީހުންނަށް މުލަރޯދަ ދުވަހާ ހަމައަށްވެސް ލިބޭނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރޯދަހަދިޔާއަށް މަސްދަޅުކޭސް ބެހުން ހުއްޓާލައިފި! ނުލިބޭ މީހުންނަށް މުލަރޯދަ ދުވަހާ ހަމައަށްވެސް ލިބޭނެ!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް 1447 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަށް ދިވެހި ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަދިޔާކުރާ މަސްދަޅު ކޭސް ބެހުމުގެ ރަސްމީ މަސައްކަތްތައް ނިންމާލައިފިއެވެ.

އިދާރީ ދާއިރާތަކާއި އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ގްރޭޓަރ މާލެ ސަރަޙައްދުގައި ކޮންމެ ގޭބިސީއަކަށް ދޫކުރާ ރޯދަ ހަދިޔާ ބެހުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލެވިފައި ކަމަށެވެ.

ނަމަވެސް، އެކި ސަބަބުތަކާހުރެ މިހާތަނަށް ރޯދަ ހަދިޔާ ހޯއްދަވާފައިނުވާ ފަރާތްތަކަށް އަދިވެސް އެ ފުރުޞަތު އޮތްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މުލަ ރޯދަ ދުވަހާ ހަމައަށް މާލޭގައި ހުންނަ މިފްކޯ މަރުކަޒުން ރޯދަ ހަދިޔާ ދޫކުރަމުންދާނެއެވެ. މި ތަނުން ހަދިޔާ ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ރޭގަނޑެއްގެ 8:30 އިން 11:00 އަށެވެ.

ވަޒީރުގެ ޕޯސްޓުގައި ވަނީ ރޯދަ ހަދިޔާ ބެހުމުގެ ބުރަ މަސައްކަތުގައި އުޅުއްވި ހުރިހާ މުވައްޒަފުންނާއި ފަރާތްތަކަށް ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ. މި ހަދިޔާއަކީ ރަމަޟާން މަހާ ދިމާކޮށް ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރިއަށްގެންދިޔަ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން