ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މާލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 18ސ
ރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މާލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި މާލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޖަރުމަނަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅަކީ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު އެ ރައީސްގެ ދަޢުވަތަކަށް ރަސްމީ ދަތުރުފުޅެއް އެ ޤައުމަށް ކުރައްވާ ފުރަތަމަ ފަހަރެވެ.

ދިވެހިރާއްޖެއާއި ޖަރުމަނުވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ކުރިއަށްގެންދަވާފައި ވަނީ، އެ ޤައުމުގެ ރިޔާސީ ގަނޑުވަރު، ޝްލޮސް ބެލްވޫގައި، ބުދަ ދުވަހުއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއާއި ޖަރުމަނުވިލާތުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ އިސްކޮށް ތިއްބަވައިގެން ކުރިއަށްގެންދެވި ރަސްމީ މަޝްވަރާގައި، މާލީ ވަޒީރުގެ އިތުރަށް، ރާއްޖެއާއި ޖަރުމަނުވިލާތު ސަރުކާރުގެ ބައެއް އިސް އޮފިޝަލުންވެސް ބައިވެރިވެވަޑައިގަތެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، ބައިނަލްއަޤުވާމީ މައިދާންތަކުގައި ދެ ޤައުމުގެ މެދުގައި އޮތް ގުޅުމާއި، ދެ ޤައުމުގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި، މަތީ ފަންތީގެ މަޝްވަރާތަކާއި، ރަސްމީ އެއްބަސްވުންތަކުގެ އެހީގައި ގުޅުން ސިންދަފާތުކޮށް، އެގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މައްޗަށެވެ.

މިއަދު އޮންލައިން