މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 15ސ
މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި އެ ރަށުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކޮށްފި

ކ. މާފުށީގައި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށާއި، އެ ރަށުގެ އަލަށް ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢު މާލެ ވޯޓާރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ) އާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބް އެވެ. އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުޙައްމަދު އެވެ.

އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މަޝްރޫޢުގެ ދަށުން މާފުށީގެ ނަރުދަމާ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، އަލަށް ހިއްކާފައިވާ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ޤާއިމުކުރެވޭނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ޙުސައިން ރިޟާ އާދަމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ. މިއީ މާފުށީގެ އާބާދީ އިތުރުވަމުންދިއުމާއި، ފަތުރުވެރިކަމުގެ ދާއިރާ ފުޅާވަމުންދާތީ އެ ރަށުގެ އިންފްރާސްޓްރަކްޗާ ވަރުގަދަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މިއަދު އޮންލައިން