އަމާޒަކީ ކޮންމެ ރަށެއްގައި ވެސް، "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ހަފްތާއަކު ތިން ދުވަހު ހަރަކާތްތައް ހިންގުން: ވަޒީރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
އަމާޒަކީ ކޮންމެ ރަށެއްގައި ވެސް، "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމްގެ ދަށުން ހަފްތާއަކު ތިން ދުވަހު ހަރަކާތްތައް ހިންގުން: ވަޒީރު

ސަރުކާރުން ކުރިއަށް ގެންދާ "ހަށިހެޔޮ ރާއްޖެ" ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކޮށް، މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ވެސް ހަފްތާއަކު މަދުވެގެން ތިން ދުވަހު މޮޑަރޭޓް އެކްޓިވިޓީއެއް ކުރިއަށް ގެންދިއުމަކީ އަމާޒެއް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން ވަޒީރު ރާފިއު ވިދާޅުވީ، މިހާރު ވެސް މި ޕްރޮގްރާމް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާރު މި ހަރަކާތްތައް ކުރިއަށް ގެންދަނީ އެކި ފަހަރު މަތިން އެކި ރަށްރަށުގައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އެންމެ ބޮޑު އުއްމީދަކީ މި ޕްރޮގްރާމް ދެމެހެއްޓެނިވި ގޮތެއްގައި މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމެވެ. މިގޮތުން ކޮންމެ ރަށެއްގައި ވެސް ހަފްތާއަކު ތިން ދުވަހު، 45 މިނެޓާއި އެއް ގަޑިއިރާ ދޭތެރޭގެ ވަގުތެއްގައި ހަށިހެޔޮކަމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ރޭވިފައެވެ.

"އަޅުގަނޑުމެންގެ އުއްމީދަކީ، މި ޕްރޮގްރާމް މުޅި ރާއްޖެއަށް ފުޅާކޮށް، މި އަހަރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ވެސް، ހަފްތާއަކު މަދުވެގެން ތިން ދުވަހު މޮޑަރޭޓް އެކްޓިވިޓީއެއް 45 މިނެޓާއި އެއް ގަޑިއިރާ ދޭތެރޭގައި ކުރިއަށް ގެންދިއުން. އެއީ އަޅުގަނޑުމެންގެ މި އަހަރުގެ ޓާގެޓަކީ،" ވަޒީރު ވިދާޅުވިއެވެ.

މި ޕްރޮގްރާމަކީ ދިވެހި މުޖުތަމައަކީ ދުޅަހެޔޮ އަދި ހަށިހެޔޮ ބަޔަކަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ. މި އަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި މި ހަރަކާތްތައް ފެށުމަށް މިނިސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

މިއަދު އޮންލައިން