ހުޅުމާލޭގައި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 9ސ
ހުޅުމާލޭގައި 5000 ޓަނުގެ ފެން އުފެއްދޭ އާރްއޯ ޕްލާންޓްގެ މަސައްކަތް ނިންމާލައިފި

ހުޅުމާލޭގައި އަލަށް ޤާއިމްކުރި ދުވާލަކު 5000 ޓަނުގެ ފެން އުފެއްދުމުގެ ޤާބިލުކަން ލިބިގެންވާ އާރްއޯ ޕްލާންޓް އިންސްޓޯލްކޮށް، ކޮމިޝަން ކުރުމުގެ ހުރިހާ މަސައްކަތްތަކެއް މިއަދު ނިންމާލައިފިއެވެ.

މާލޭ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އިން ހާމަކޮށްފައިވާ ގޮތުގައި، މި އާ ޕްލާންޓާއެކު މާލެ އަދި ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ވަރުގަދަވެގެންދާނެއެވެ. މިއީ ކުރިއަށް އޮތް ރަމަޟާން މަހާއި ސްކޫލް ބަންދަށްފަހު ފެށޭ އާ ދައުރާ ދިމާކޮށް ފެނުގެ ޑިމާންޑް އިތުރުވާނެ ކަމަށް ބަލައި، އެކަމަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދެވުނު މުހިންމު މަޝްރޫޢެކެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ "މި އާ ޕްލާންޓާއެކު މާލެ އަދި ހުޅުމާލޭގެ ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުވެ، ކުރިއަށް އޮތް ރަމަޟާން މަހާއި ސްކޫލް ސީޒަނުގައި ފެނުގެ ޑިމާންޑަށް އަންނާނެ ކަމަށް ލަފާކުރެވޭ އިތުރުވުމަށް ފުރިހަމައަށް ތައްޔާރުވެވިފައިވާ" ކަމަށެވެ.

ކުންފުނީގެ އަމާޒަކީ ރައްޔިތުންނަށް އިތުބާރު ހުރި ގޮތެއްގައި ފެނުގެ ޚިދުމަތް ފޯރުކޮށްދިނުމަށްޓަކައި އިންފްރާސްޓްރަކްޗަރ އިތުރަށް ހަރުދަނާކުރުން ކަމަށްވެސް އެ ކުންފުނިން ފާހަގަކޮށްފައިވެއެވެ. މި އާ ޕްލާންޓާއެކު މާލެ ސަރަޙައްދުގެ ފެނުގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެއެވެ.

މިއަދު އޮންލައިން