ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާއަޅައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 11ސ
ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާއަޅައިފި

ހއ. ފިއްލަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ބިންގާ މިއަދު ރަސްމީކޮށް އަޅައިފިއެވެ. މި މަޝްރޫޢަކީ އެ ރަށުގެ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، ފެންވަރު ރަނގަޅު ކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

ފިއްލަދޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ ބިންގާ އަޅުއްވައިދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެންބަރު ޢަބްދުﷲ ޝަރީފެވެ. މި މަޝްރޫޢުގެ ސަބަބުން ފިއްލަދޫގެ ރައްޔިތުންނަށް ލިބެމުންދާ ޞިއްޙީ ޚިދުމަތްތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި ރަސްމިއްޔާތުގައި ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނާޡިމާއި، ހެލްތު ސަރވިސްގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޖަމީލް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ އިތުރުން ފިއްލަދޫ ކައުންސިލްގެ އިސްވެރިންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވެއެވެ.

ބިންގާ އެޅުމުގެ މި ރަސްމިއްޔާތުގައި ފިއްލަދޫ ކައުންސިލްގެ ރައީސް ފަތުޙުﷲ ޙަސަންއާއި ކައުންސިލް މެންބަރު މުޙައްމަދު މޫސާ ބައިވެރިވެ ވަޑައިގެން، ރަށުގެ ތަރައްޤީއަށް ކުރިއަށްދާ މިފަދަ މަޝްރޫޢުތަކުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން