ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 2ސ
ހެޔޮ އެދޭ ފަރާތަކުން ހއ. އިހަވަންދޫގައި ބިނާކުރި މިސްކިތް ހުޅުވައިފި

ހއ. އިހަވަންދޫގައި ހެޔޮ އެދޭ އަމިއްލަ ފަރާތަކުން ބިނާކުރި އައު މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ. މި މިސްކިތް ހުޅުވުމަށްޓަކައި އިހަވަންދޫގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.

މިސްކިތް ހުޅުވައިދެއްވުމަށްފަހު، ވަޒީރު ޑރ. ޝަހީމް ވަނީ އެ މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދު ކުރައްވާފައެވެ. މި ރަސްމިއްޔާތުގައި ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ބިނާކުރެވުނު މި މިސްކިތަކީ އެއް ފަންގިލާއަށް އިމާރާތްކޮށްފައިވާ، ޖުމްލަ 200 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މި މިސްކިތް ބިނާކޮށްފައިވަނީ ޒަމާނީ ފަރުމާއަކަށް، ނަމާދުކުރާ ފަރާތްތަކަށް ފަސޭހަވާނެހެންނެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން ރާއްޖޭގެ އެކި ސަރަޙައްދުތަކުން ޖުމްލަ 8 މިސްކިތެއް ހުޅުވުމަށް އެ ވުޒާރާއިން ވަނީ އަމާޒު ހިފާފައެވެ. މި އަމާޒުގެ ދަށުން ބައެއް މިސްކިތްތައް މިހާރު ވަނީ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައެވެ.

މިއަދު އޮންލައިން