ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ﷲ ތަޢާލާގެ މަގުން ދުރުހެލިވެވޭ މީހުންނަށް އޮތް ބިރުވެރި ޚަބަރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 6މ 51ސ
ދަތި އުނދަގޫ ޙާލަތު ކުރިމަތިވުމުން ﷲ ތަޢާލާގެ މަގުން ދުރުހެލިވެވޭ މީހުންނަށް އޮތް ބިރުވެރި ޚަބަރު

"--ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް

ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ." 

މިއީ ކަންކަން ކުރިމްތިވުމުން މާތް ﷲ ގެ މަގު ދޫކޮށް ފާފަކުރެވޭ މީހުން ވިސްނަން ޖެހޭނެ ބަސްފުޅެކެވެ. ގަދަފަދަ އިންޒާރެކެވެ.  

ﷲ ތަޢާލާ 8 ވަނަ އާޔަތުން 14 ވަަނަ އާޔަތައް ވަޙީ ކުރައްވާފައިވެއެވެ. 

وَمِنَ النَّاسِ مَن يُجَادِلُ فِي اللَّهِ بِغَيْرِ عِلْمٍ وَلَا هُدًى وَلَا كِتَابٍ مُّنِيرٍ ‎﴿٨﴾‏ ثَانِيَ عِطْفِهِ لِيُضِلَّ عَن سَبِيلِ اللَّهِ ۖ لَهُ فِي الدُّنْيَا خِزْيٌ ۖ وَنُذِيقُهُ يَوْمَ الْقِيَامَةِ عَذَابَ الْحَرِيقِ ‎﴿٩﴾‏ ذَٰلِكَ بِمَا قَدَّمَتْ يَدَاكَ وَأَنَّ اللَّهَ لَيْسَ بِظَلَّامٍ لِّلْعَبِيدِ ‎﴿١٠﴾‏ وَمِنَ النَّاسِ مَن يَعْبُدُ اللَّهَ عَلَىٰ حَرْفٍ ۖ فَإِنْ أَصَابَهُ خَيْرٌ اطْمَأَنَّ بِهِ ۖ وَإِنْ أَصَابَتْهُ فِتْنَةٌ انقَلَبَ عَلَىٰ وَجْهِهِ خَسِرَ الدُّنْيَا وَالْآخِرَةَ ۚ ذَٰلِكَ هُوَ الْخُسْرَانُ الْمُبِينُ ‎﴿١١﴾‏ يَدْعُو مِن دُونِ اللَّهِ مَا لَا يَضُرُّهُ وَمَا لَا يَنفَعُهُ ۚ ذَٰلِكَ هُوَ الضَّلَالُ الْبَعِيدُ ‎﴿١٢﴾‏ يَدْعُو لَمَن ضَرُّهُ أَقْرَبُ مِن نَّفْعِهِ ۚ لَبِئْسَ الْمَوْلَىٰ وَلَبِئْسَ الْعَشِيرُ ‎﴿١٣﴾‏ إِنَّ اللَّهَ يُدْخِلُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ جَنَّاتٍ تَجْرِي مِن تَحْتِهَا الْأَنْهَارُ ۚ إِنَّ اللَّهَ يَفْعَلُ مَا يُرِيدُ ‎﴿١٤﴾‏

މާނައީ: "އެއްވެސް علم އަކާނުލައި، އަދި އެއްވެސް ތެދުމަގެއް ލިބުމަކާނުލައި، އަދި އަލިކުރަނިވި ފޮތެއްވެސް ނެތި اللَّه އާމެދު جدل ކުރާމީހުން، މީސްތަކުންގެތެރެއިންވެއެވެ. (8) اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކުރުމަށްޓަކައި (ބޮޑާކަމާއެކު) އޭނާގެ ކަނދުރާ އަނބުރައިލާ حال ގައެވެ. އެމީހަކަށް ދުނިޔެމަތީގައި ނިކަމެތިކަމާއި، ދެރަކަންހުށްޓެވެ. އަދި قيامة ދުވަހުން ނަރަކައިގެ عذاب ގެ ރަހަ، ތިމަންރަސްކަލާނގެ އެމީހަކަށް ދައްކަވާ ހުށީމެވެ. (9) އެއީ ތިބާގެ ދެއަތުން އިސްކުޅަ ކަންތަކުގެ ސަބަބުންނެވެ. އަދި ހަމަކަށަވަރުން، اللَّه އީ، އަޅުތަކުންނަށް އަނިޔާވެރިވެވޮޑިގެންވާ ކަލަކުކަމުގައި ނުވެއެވެ. (10) شك އެއްގެމަތީގައި ތިބެގެން، اللَّه އަށް އަޅުކަންކުރާ މީހުން، މީސްތަކުންގެ ތެރެއިންވެއެވެ. ފަހެ، އެމީހަކަށް ހެޔޮކަމެއް ދިމާވެއްޖެނަމަ، އެކަމުން ހިތްހަމަޖެހެއެވެ. އަދި އޭނާޔަށް ބަލާއެއް مصيبة އެއް ޖެހިއްޖެނަމަ، كفر ވެރިކަމަށް ފުރޮޅިދެއެވެ. އޭނާޔަށް ދުނިޔެއާއި آخرة ގެއްލުނީއެވެ. ބަޔާންވެގެންވާ ގެއްލެނިވުމަކީ ހަމައެއީއެވެ. (11) އެމީހަކަށް ގެއްލުމެއް ނުދޭ، އަދި މަންފާއެއްވެސް ނުދޭ އެއްޗަކަށް، اللَّه ފިޔަވައި އޭނާ އަޅުކަންކުރެތެވެ. (حق ގެ މަގުން) ދުރުވެގެންވާ ފުރެދުމަކީ ހަމައެއީއެވެ. (12) އޭނާ އެ އަޅުކަންކުރަނީ، އެ އެއްޗެއްގެ މަންފާއަށްވުރެ، އެ އެއްޗެއްގެ ގެއްލުން މާގާތްވެގެންވާ އެއްޗަކަށެވެ. އޭނާ އެ ވާގިލިބިގަންނަ އެއްޗެއްގެ ނުބައިކަމާއެވެ! އަދި އެކުވެރިޔެއްގެ ގޮތުންވެސް އޭގެ ނުބައިކަމާއެވެ! (13) ހަމަކަށަވަރުން، إيمان ވެ صالح عمل ތައްކުރި މީހުން، އެތަންތާނގެ ދަށުން ފެންކޯރުތައް ހިނގަހިނގާ ހުންނަ ސުވަރުގެތަކަށް، اللَّه (އެއުރެން) ވައްދަވާނެތެވެ. ހަމަކަށަވަރުން، اللَّه، އެކަލާނގެ އިރާދަކުރައްވާކަމެއް ކުރައްވަތެވެ. (14)"

މިއަދު އޮންލައިން