ޢިބްރަތްތެރި ޥާހަކަ: ބޭވަފާތެރިކަމާ ވަފާތެރިކަން ތަޖުރިބާކުރެވުނު އަންހެނެއްގެ އިޙްޞާޞްތައް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ޢިބްރަތްތެރި ޥާހަކަ: ބޭވަފާތެރިކަމާ ވަފާތެރިކަން ތަޖުރިބާކުރެވުނު އަންހެނެއްގެ އިޙްޞާޞްތައް-

 

އަހުރެމެންވެސް ކައިވެނިކުރީ 2 އަހަރު ދުވަހު ލޯބީގެ ދްރާމާތައް ކުޅެފައެވެ. މިބުނީ ލޯބިވެގެން އެކުގައި އުޅެފައެވެ. ކައިވެނިކުރިތާ 5 ވަނަ މަހު ފިރިމީހާގެ ވަޒީފާ ގެއްލުނެވެ. ދެން އުޅެންޖެހުނީ އަހުރެންނަށް ލިބޭ މުސާރައިންނެވެ. އެކަމަކަށް އެއްވެސް ޝަކުވާއެއްވެސް ނުކުރަމެވެ.  

ފިރިމީހާ ވަޒީފާއެއް ހޯދާކަށް ނުއުޅެއެވެ. އުޅެނީ ސިޔާސީ ކޮންމެވެސް މީހެއްގެ ފަހަތުންނެވެ. ބުނަނީ ރަނގަޅު ވަޒީފާއެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ. ފިރިމީހާއަށްވެސް ރަނގަޅު ވަޒީފާއެއް ލިބެން ބޭނުންވާތީ އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ. މިހާރަކަށް އައިސް ރަނގަޅު ވަޒީފާއެއް ލިބެނީ ސިޔާސީ މީހެއްގެ ފޫބުޑުގައި އެނބުރިގެންކަމަށްވާތީއެވެ.

6 މަސްދުވަސްފަހެވެ. އޮފީހުގެ ދަތުރެއްގައި ރާއްޖެއިން ބޭރަށް ފުރަން އޮތްރެއެކެވެ. އޮފީހުގެ ވޭނެއްގައި ފުރަންދިއައިމެވެ. އެއާޕޯޓަށް ދިއަ ފަހުން އެނގުނީ ފްލައިޓު ހެނދުނަށް ލަސްވެފައިވާ ކަމެވެ. އެހެންވެ ހަމަ އެވޭނުގައި އެނބުރި ގެއަށް ދިއައީއެވެ.  

ގެއަށް ވަދެ ކޮޓަރި ހުޅުވުމުން ފެނުނީ އެނދުގައި އަންހެނަކާއިއެކު އޮއްވައެވެ. ދައްކާ ވާހަކަ އަޑުއަހަން އިރުކޮޅަކު ފިލައި ހުރުމަށްފަހު ކުރިމައްޗަށް އަރައި އަނގައިން ބުނުމުގެ ކުރިން ބުނެފިއެވެ. "މިއީ އަހުރެންނަށް ވަޒީފާ ހޯދައިދޭން މަސައްކަތްކުރާ އާސިޔާއެވެ. ވާހަކަ ދައްކާލަން މަޑުކޮށްލީއެވެ."  

އަހުރެން ބުނީމެވެ. "ދެއްކި ވާހަކަތައް އަޑުއިވިއްޖެއެވެ. ހޯދައިދޭން އުޅޭ ވަޒީފާވެސް އެނގިއްޖެއެވެ. މިހާރު ދީގެން އުޅޭ ވަޒީފާވެސް އެނގިއްކެއެވެ. ވީމާ ދެން ރަނގަޅުވާނީ އަވަހަށް ވަޒީފާ ދާއިމީ ކޮށްލިއްޔާއެވެ. އަވަހަށް އެކަން ކޮށްލާށެވެ. އެކަމަކު އަހުރެން ތިބާގެ ވަޒީފާއިން އިސްތިޢުފާ މިދިނީއެވެ. އަވަހަށް ދެމީހުން އެކުގަ މިގެއިން ނުކުމެގެންދާށެވެ."  

އާސިޔާ ވަރަށް ދެރަވެފައި ބުނީ މީހެއްގެ ފިރިއެއްކަން ނުއެނގޭކަމަށެވެ. އަދި ބުނެފައި އޮތީ މިގެއަކީ މީނާގެ ގެއެއް ކަމަށެވެ. ޖަވާބުގައި ބުނީމެވެ. ދެމީހުން ދައްކާފައި ހުރި ވާހަކަތަށް ޒިންމާވާކަށް އަހުރެންނަކަށް ނުޖެހޭނެ ނޫން ހެއްޔެވެ؟ މިގެ އޭނާގެ ގެއަކަށް ވީގޮތެއް ނުއެނގެއެވެ. ހަމަޤައިމުވެސް ރަޖިސްޓްރީގައި އޮތީ އަހުރެންގެ މަންމަގެ ނަމެވެ." އެހިސާބުން ދެމީހުން އެކުގައި ގެއިން ނެރެލީމެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުމީ ވަފާތެރިވެ ހެޔޮކޮށް ހިތައިފިނަމަ ގިނައިން މިދިމާވަނީ މިފަދަ މައްސަލަތަކެވެ. އެއީ ވަފާތެރިވުމާއި ހެޔޮކޮށް ހިތުމުގެ މައްސަލައެއް ނޫނެވެ. މައްސަލައަކަށް މިވަނީ ތެދުވެރިކަމުގެ ކުނޑިފަށެއްވެސް ނެތް މީހުން ގިނަވާކަމެވެ. އިތުރަށް ބުނެލަން ބޭނުންވަނީ އަޅުގަނޑަށް ކުރަންޖެހުނު ފަދަ ތަޖުރިބާއެއް ކުރެވިއްޖެނަމަ ދެވަނަ ފުރުޞަތާއިމެދު ނުވެސް ވިސްނާށެވެ. ދެވަނަ ފުރުޞަތެއް ދީފިނަމަ ދޭދެރަ މާބޮޑުވާނެއެވެ. މިއީ އަހުރެންގެ ވިސްނުމެވެ. 

އަހުރެންނަށް ލިބުނު ދެވަނަ ފިރިމީހާއަށްވެސް ވަފާތެރިވަމެވެ. ހެޔޮކޮށްވެސް ހިތަމެވެ. އެހީތެރިވެސްވަމެވެ. އެކަންކަމުގެ އަގު އޭނާ ވޒަންކުރެއެވެ. ކައިވެންޏަށް 7 އަހަރުވީއިރުވެސް  މިއުޅެނީ ހަމަ ވަރަށް އުފަލުގައެވެ.

 

- ނަފީސާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން