ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް، އެމްގެޕް ސެޓިފައިޑް އުފެއްދުންތައް ވެސް ލިބޭނެ

މިއަދު
ކިޔުމަށް ހޭދަވާނީ 36ސ
ދަނޑުވެރިންގެ ވަގުތީ މާރުކޭޓުގައި 7 ރަށެއް، އެމްގެޕް ސެޓިފައިޑް އުފެއްދުންތައް ވެސް ލިބޭނެ

އަންނަ ރަމަޟާން މަހު ދަނޑުވެރިން އުފައްދާ ތަކެތި ފަސޭހައިން ވިއްކާނެ ވަގުތީ މާރުކޭޓުގައި ދަނޑުވެރިކަން ކުރާ 7 ރަށަކުން ވަނީ ބައިވެރިވެފައެވެ. އަދި މި މާރުކޭޓުން މޯލްޑިވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސެސް(އެމްގެޕް) ސެޓިފައިޑް ވެފައިވާ 10 ދަނޑުގެ އުފެއްދުންތައް ވެސް ލިބިގެން ދާނެއެވެ.

ނޯތު ހާބަރުގައި، ކުރިން ކެފޭ ހިންގި ތަނުގައި ގާއިމް ކުރާ މާރުކޭޓް، 17 ވަނަ ދުވަހަށް ހުޅުވުމަށް، ވާންޖެހޭ ތައްޔާރިތައް މި ވުޒާރާއިން އަންނަނީ ކުރަމުންނެވެ.

މި މާރުކޭޓުން ވިއްކާނީ ރާއްޖޭގެ ދަނޑުތަކުގައި، އުފައްދާ ތަކެއްޗެވެ. އަދި މި މާރުކޭޓްގައި ތަކެތި ވިއްކުމުގައި ހަރަކާތްތެރި ވާނީ ދިވެހިންނެވެ.


ހަބަރު: ސަރުކާރު

މިއަދު އޮންލައިން