ޕީއެންސީއަށް 69 ގޮނޑި، އެމްޑީޕީއަށް ހަ ގޮނޑި އިންތިހާބުގެ ކުރިން ކަށަވަރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ޕީއެންސީއަށް 69 ގޮނޑި، އެމްޑީޕީއަށް ހަ ގޮނޑި އިންތިހާބުގެ ކުރިން ކަށަވަރުވެއްޖެ

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ބައި-އިލެކްޝަންތަކުގައި ވާދަކުރާ ކެންޑިޑޭޓުންގެ ތެރެއިން 69 ގޮނޑި ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީ (ޕީއެންސީ) އަށް އިންތިހާބަކާ ނުލައި ކަށަވަރުވެއްޖެއެވެ. އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އިންތިހާބަކާ ނުލައި ގޮނޑިތައް ކަށަވަރުވި ކެންޑިޑޭޓުންގެ ލިސްޓު ރަސްމީކޮށް އާންމުކޮށްފައެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި، ގިނަ ގޮނޑިތަކެއް އިންތިހާބަކާ ނުލައި ކަށަވަރުވެފައިވަނީ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު އިންތިޚާބު ކުރަންޖެހޭ އަދަދަށް ކުރިމަތިލާފައިވުމާއި، ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންދިޔުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ޕީއެންސީއަށް ކަށަވަރުވި ލޯކަލް ކައުންސިލްތަކުގެ 28 ގޮނޑި އާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ 41 ގޮނޑި ހިމެނެއެވެ.

ޕީއެންސީއަށް ކަށަވަރުވި ގޮނޑިތަކުގެ ތެރޭގައި ބައެއް ރަށްރަށުގެ ކައުންސިލް ރައީސުންގެ ގޮނޑިތައް ހިމެނޭކަން ފާހަގަކުރެވެއެވެ. އެގޮތުން ހއ. ބާރަށު، އއ. ހިމަންދޫ، އދ. ކުނބުރުދޫ، އދ. މަންދޫ، އދ. ދިއްދޫ، އަދި ލ. މުންޑޫ ކައުންސިލުގެ ރައީސްގެ ގޮނޑި ވަނީ އިންތިހާބަކާ ނުލައި އެ ޕާޓީއަށް ލިބިފައެވެ.

އިދިކޮޅު އެމްޑީޕީއަށް މިހާތަނަށް އިންތިހާބަކާ ނުލައި ކަށަވަރުވެފައިވަނީ ޖުމްލަ 6 ގޮނޑިއެވެ. އެއީ ލޯކަލް ކައުންސިލްތަކުގެ އެއް ގޮނޑިއާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ފަސް ގޮނޑިއެވެ. މީގެ އިތުރުން، އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓުންނަށް 5 ގޮނޑި އަދި އަދާލަތު ޕާޓީއަށް 2 ގޮނޑި ވަނީ އިންތިހާބަކާ ނުލައި ކަށަވަރުވެފައެވެ.

މިއަދު އޮންލައިން