ޝިފާއަށް އެދިގެން ދުޢާކުރުމަކީ ބަލިވުމުން އެކަނި ކުރަން އޮތް ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 26ސ
ޝިފާއަށް އެދިގެން ދުޢާކުރުމަކީ ބަލިވުމުން އެކަނި ކުރަން އޮތް ކަމެއް ނޫން!

އެއްވެސް ޝައްކެއް ނެތެވެ. ދުޢާއަކީ މުސްލިމުންގެ އެންމެ ބާރުގަދަ ހަތިޔާރެވެ. އަބަދުވެސް ތިބެންވީ އެހަތިޔާރު ހިފައިގެންނެވެ. ގެންދަންވީ އެހަތިޔާރުގެ ބޭނުންކުރަމުންނެވެ. އެއީ ހުރިހާ ކަމަކުން ސަލާމަތްކަން ލިބުމުގެ އައްޑަނަކަމަށްވާތީއެވެ.   

"ބަލިވުމުން ޝިފާއަށް އެދި ދުޢާކުރުމާއިމެދު ކަމާއިމެދު ކިޔުންތެރިއަކު ކޮށްފައިވާ ސުވާލެއްގެ ޖަވާބުގައި ބުނެލަން އޮތް ފުރަތަމަ ބަހަކީވެސް ދުޢާކުރަން ފަށަންވީ ބަލިވުމަކުން ނޫނެވެ. ގަދަވެ ސަލާމަތުން ހުރެއެވެ. އެއީ އަބަދުވެސް ގިނަގިނައިން ކުރަންޖެހޭ ދުޢާއެކެވެ.  

ބަލިނުވާނަމަ ދުޢާކުރަންވީ ފުރިހަމަ ޞިއްހަތެއްގައި ލެހެއްޓެވުން އެދިގެންނެވެ. ބަލިވެއްޖެނަމަ އަވަސްވެގެންނަންވީ ޝިފާ ދެއްވެވުން އެދި ދުޢާކުރުމަށެވެ. ދެޙާލަތުގައިވެސް އެދެވެނީ އެއްކަމަކަށެވެ. އެއީ ފުރިހަމަ ޞިއްޙަތަކަށެވެ.  

ދެން ތިރީގައިވާ ލިޔުން ވިދާޅުވާށެވެ. ޖަވާބުލިބިވަޑައިގަންނަވާނެ ކަމަށް ޔަޤީންކުރަމެވެ.   

މިއަދު ގނަ ބައަކަށް މިވަނީ ބަލިވުމުން ޝިފާ ލިބޭ މަގުވެސް އޮޅިފައެވެ. ސަބަބުވެސް އޮޅިފައެވެ. ޝިފާ ލިބުމަށްޓަކައި ތިމާ އަދާކުރަންޖެހޭ ދައުރުވެސް މިވަނީ އޮޅިފައެވެ.   

މުޞީބާތްތަކާއި ބަލިތައް ކުރިމަތިވާހިނދު ކެތްތެރިވުމާއެކު، އެކަމުން ސަލާމަތްވުމަށްޓަކައި ކަނޑައެޅިފައިވާ ސަބަބުތަކުގައިހިފުމަކީވެސް އިސްލާމްދީނުގައި ވަރަށްބޮޑަށް ބާރުއަޅުއްވާފައިވާ ކަމެއް ކަމަށް ބުނާއިރަށް ގިނަ ބައަކަށް ޤަބޫލުކުރެވެނީ އެދައްކަނީ ޑޮކްޓަރުންނާ އެމީހުން ދޭ ބޭހުގެ ވާހަކަކަމަށެވެ.  

ސަބަބުތަކުގައި ހިފުމަށް ފުރަތަމަ ވެސް ކުރަންޖެހޭ ކަމަކީ ޝިފާ ދެއްވެވުން އެދި ﷲ ތަޢާލާއަށް ދުޢާކުރުމެވެ. ހޮސްޕިޓަލަށް ދިއުމުގެ މަރުޙަލާ ގެންނަންޖެހޭނީވެސް ދުޢާކުރުމަށްފަހުގައެވެ. އަދިކީއްހެއްޔެވެ؟ ތަނަވަސްކަންހުރި ނަމަ ފަޤީރުންނަށް އެހީތެރިވުމަށް ޞަދަޤާތްވެސް ކޮށްފައެވެ.  

. يَا عِبَادَ اللهِ تَدَاوَوْا فَإِنَّ اللهَ عَزَّ وَجَلَّ لَمْ يَضَعْ دَاءًا إِلاَّ وَضَعَ لَهُ شِفَاءًا غَيْرَ دَاءٍ وَاحِدٍ قَالُوْا وَمَا هُوَ يَا رَسُوْلَ اللهِ قَالَ الْهَرَمُ قَالُوا يَا رَسُوْلَ اللهِ مَا خَيْرُ مَا أُعْطِيَ الإِنْسَانُ قَالَ خُلُقٌ حَسَنٌ  

" އޭ ﷲގެ އަޅުތަކުންނޭވެ! (ބަލިވުމުން) ބޭސްކުރާށެވެ. ފަހެ ހަމަކަށަވަރުން އެންމެބައްޔެއް ފިޔަވައި އެހެން ހުރިހާބައްޔަކަށް ﷲ ތަޢާލާވަނީ ބޭހެއްލައްވާފައެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އެއީ ކޮންބައްޔެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. މުސްކުޅިވުމެވެ. ދެންނެވުނެވެ. އޭ ﷲގެރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމްއެވެ. އިންސާނަކަށް ލިބިފައިވާ އެންމެރަގަޅު އެއްޗަކީ ކޮބައިތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ރިވެތި އަޚްލާޤެވެ." 

އެހެން ރިވާޔަތެއްގައިވާގޮތުން ފަރުވާއެއްނުވާ ހަމައެކަނިކަމަކީ މަރެވެ. 

މިޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ބައްޔެއްކުރިމަތިވުމުން ފަރުވާހޯދުމުގެ މުހިންމުކަމެވެ. ނަމަވެސް ފަރުވާހޯދަން މަސައްކަތްކުރަމުންދާއިރު އަޅުގަނޑުމެން އަބަދުވެސް ހަނދާން ކުރަންޖެހޭ ޙަޤީގަތަކީ ފަރުވާ ނުވަތަ ޝިފާއަކީ ޑޮކްޓަރުގެ މޮޅުކަމުން ނުވަތަ ބޭހުގެ މޮޅުކަމުން ލިބޭއެއްޗެއްނޫންކަމެވެ. އެބޭހަކީ އަޅުގަނޑުމެންނަށް ޝިފާލިބުމަށްޓަކައިވާ ސަބަބެއްކަމެވެ. އަދި ވަސީލަތެއްކަމެވެ. އެހެނަސް ޝިފާދެއްވަނީ ﷲތަޢާލާކަމެވެ. ﷲ ތަޢާލާވަޙީކުރައްވާފައިވެއެވެ 

. وَإِذَا مَرِضْتُ فَهُوَ يَشْفِينِ   

"(އިބްރާހިމް ޢަލައިހިއްސަލާމްވިދާޅުވިއެވެ.) ތިމަންކަލޭގެފާނު ބަލިވުމުން ޝިފާދެއްވަނީ ﷲތަޢާލާއެވެ." 

. ރަސޫލުﷲ ޞައްލަﷲޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ  

. لِكُلِّ دَاءٍ دَوَاءٌ فَإِذَا أُصِيبَ دَوَاءُ الدَّاءِ بَرَأَ بِإِذْنِ اللَّهِ عَزَّ وَجَلَّ   

" ކޮންމެބައްޔަކަށްވެސް ފަރުވާއެއްވެއެވެ. ފަހެ އެބައްޔަކަށްވާ ފަރުވާއަކާއި ދިމާވެއްޖެނަމަ ﷲގެ އިޒުނަފުޅާއެކު ޝިފާލިބޭހުއްޓެވެ."

 

- މައުލޫމާތު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން