ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މާދަމާ ބަދަލުކުރަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މާދަމާ ބަދަލުކުރަނީ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ޑޮމެސްޓިކް ޓަރމިނަލްގެ ދަތުރުތައް ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މާދަމާ ބަދަލުކުރުމަށް ތައްޔާރުވެފައިވާކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން މަޢުލޫމާތު ދެއްވި ގޮތުގައި، ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލަށް މިހާރުގެ ޑޮމެސްޓިކް ޓަރމިނަލް ބަދަލުކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރީތައް މިހާރު ވަނީ ނިމިފައެވެ. މި ބަދަލާ ގުޅިގެން އެ އިމާރާތަށް ގެންނަންޖެހޭ މަރާމާތުތަކާއި ބަދަލުތައް ގެނެސް، ޚިދުމަތް ދިނުމަށް މިހާރު ވަނީ ފުރިހަމައަށް ތައްޔާރުވެފައެވެ.

މާދަމާއިން ފެށިގެން ޑޮމެސްޓިކް ޓަރމިނަލުން ދެމުންދިޔަ ހުރިހާ ޚިދުމަތްތަކެއް ދެމުންދާނީ ކުރީގެ އިންޓަރނޭޝަނަލް ޓަރމިނަލްގައެވެ. މީގެ ތެރޭގައި ޗެކް-އިން ކުރުމާއި، ފުރާ މީހުންގެ އެންމެހާ ކަންކަން ހިމެނެއެވެ.

މި ބަދަލަކީ އެއަރޕޯޓުގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ފަސިންޖަރުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން ގެނެވޭ ބަދަލެއްކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން