ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެ ކަމުގެ އިންޒާރު ދީފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 5ސ
ކުރިއަށް އޮތް 5 ދުވަހު ރާއްޖެއަށް ދުންފުހުގެ އަސަރު ނުރައްކާ މިންވަރަށް ކުރާނެ ކަމުގެ އިންޒާރު ދީފި

ކުރިއަށް އޮތް ފަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ބޮޑު ސަރަޙައްދަކަށް ދުންފުހުގެ އަސަރު ނުރައްކާތެރި މިންވަރަކަށް ކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވިދާޅުވެއްޖެއެވެ. މި

މެޓް އޮފީހުން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު، މިއަދު އެންމެ ބޮޑަށް ވައި ނުސާފުވެފައިވަނީ މާލެ ސަރަޙައްދަށެވެ. މީގެ އިތުރުން ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށްވެސް ދުންފުހުގެ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

ދުންފުހުގެ އަސަރު ބޮޑުވުމުގެ ސަބަބުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެގޮތުން މިއަދު މާލެ ސަރަޙައްދުގައި ދުރު ފެންނަ މިންވަރު ވަނީ 2 ކިލޯމީޓަރަށް ދަށްވެފައެވެ.

އެހެން ސަރަޙައްދުތަކަށް ބަލާއިރު، ހަނިމާދޫ ސަރަޙައްދުގައި ދުރު ފެންނަ މިންވަރު 3 ކިލޯމީޓަރުގައި ހުރިއިރު، ކައްދޫ ސަރަޙައްދުގައި ހުރީ 4 ކިލޯމީޓަރުގައެވެ. އަދި އައްޑޫ ސަރަޙައްދުގައި ދުރު ފެންނަ މިންވަރު ހުރީ 7 ކިލޯމީޓަރުގައެވެ.

ކުރިއަށް އޮތް 5 ދުވަހުވެސް މި ހާލަތު ދެމިއޮންނާނެ ކަމަށް ލަފާކުރެވޭތީ، ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްޙީ މައްސަލަތަކަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދެއްވައެވެ. މިއީ އާންމުކޮށް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ ކަމެކެވެ.

މިއަދު އޮންލައިން