މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 40ސ
މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ 4 ވަނަ އައިނު ފިހާރަ ކުޅުދުއްފުށީގައި ހުޅުވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދުރުވިސްނުންފުޅާއި އިސްނެންގެވުމުގެ ދަށުން، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ސީ.ޖީ.އެޗް) ގެ ހަތަރުވަނަ އައިނު ފިހާރަ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ކުޅުދުއްފުށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި އައިނު ފިހާރަ ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ ނާޘިމް އިބްރާހީމެވެ. މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމާއި، ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

ސަރުކާރުގެ މި އިސްނެންގެވުމާއެކު، މާލޭގެ އިތުރުން ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރުކާރުގެ ފަރާތުން އާސަންދަ މެދުވެރިކޮށް ރައްޔިތުންނަށް ހިލޭ ނަންބަރު އައިނު ހެދުމުގެ ޚިދުމަތް މިހާރު ލިބިގެންދާނެއެވެ. މިއީ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ، "މި މުހިންމު މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމަށް މަގުފަހިކޮށްދެއްވައި، އުތުރުގެ ރައްޔިތުންނަށް މި ފަސޭހަކަން ހޯއްދަވައިދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން" ކަމަށެވެ.

މީގެއިތުރުން، މި ޚިދުމަތް ޤާއިމުކުރުމަށްޓަކައި އެމް.ސީ.ޖީ.އެޗްގެ ޓީމުން ކުރެއްވި ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ފަރާތްތަކަށް ވެސް ސީއީއޯ ވަނީ ޝުކުރާއި ސާބަސް ރައްދުކުރައްވާފައެވެ. މި އައިނު ފިހާރަ ހުޅުވުމާއެކު، އުތުރުގެ އަތޮޅުތަކުގެ ރައްޔިތުންނަށް އައިނުގެ ޚިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއަދު އޮންލައިން