މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލަައަށް ބޮޑު ލުޔެއް ލިބިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލަައަށް ބޮޑު ލުޔެއް ލިބިގެންދާނެ: ރައީސް

މި ރަމަޟާން މަހު މާލޭގެ ބާޒާރުމަތީގެ ޓްރެފިކް މައްސަލަައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، ކޮންމެ އަހަރަކުވެސް ރަމަޟާން މަހާ ދިމާކޮށް މާލޭގެ ބާޒާރުމަތީގެ ސަރަޙައްދުގައި ކުރިމަތިވާ ޓްރެފިކް ތޮއްޖެހުމުގެ މައްސަލައަށް މިއަހަރު ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މިއީ އެ ސަރަޙައްދުގެ މަގުތަކަށް ގެނެވުނު ބަދަލުތަކާ ގުޅިގެން ލިބޭނެ ފަސޭހައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބާޒާރު މަތި ހިމެނޭހެން ބޮޑުތަކުރުފާނު މަގުގެ އެ ސަރަޙައްދު ޒަމާނީ ފެންވަރަށް ތަރައްޤީކޮށް، އަލުން ހުޅުވާލާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ. މި މަޝްރޫޢުގެ ދަށުން އެ ސަރަޙައްދަކީ ދެކޮޅަށް އުޅަނދުފަހަރު ދުއްވޭނެ މަގެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މާލޭގެ ބާޒާރުމަތީގެ ޓްރެފިކް ފްލޯއަށް ގެނައި މި ބަދަލާއެކު، ރަމަޟާން މަހު މުދާ އުފުލުމާއި އާންމު ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި ލުއިތަކެއް ލިބި، ތޮއްޖެހުން ކުޑަވާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން