ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އައުޓް ޑޯރ ޖިމް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި އައުޓް ޑޯރ ޖިމް ހުޅުވައިފި

ވަހީގައި ދިރިއުޅޭ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްޤީކުރި ފުރަތަމަ އައުޓް ޑޯރ ޖިމް ރަސްމީކޮށް ހުޅުވައިފިއެވެ. މި ޖިމް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އަލީ ޒުހައިރު އެވެ.

މި އައުޓް ޑޯރ ޖިމް ގާއިމްކޮށްފައިވަނީ ހުޅުމާލެ ފޭސް 2 ގެ ޓަރފް ދަނޑު ކައިރީގައި އޮންނަ ބިމުގައެވެ. މިއީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދު ކަމަށްވާތީ، މިއީ އެ ސަރަޙައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ ވަސީލަތެކެވެ.

އެޗްޑީސީން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ޖިމުގައި ކަސްރަތު ކުރުމަށް ބޭނުންކުރާ 22 ބާވަތެއްގެ އައުޓްޑޯ އިކުއިޕްމަންޓް ވަނީ ބަހައްޓާފައެވެ. މި މަޝްރޫއަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ދިރިއުޅުމެއް އަށަގެންނުވައި، ދުޅަހެޔޮ މުޖްތަމައުއެއް ބިނާކުރުމަށް އެ ކޯޕަރޭޝަނުން ކުރިއަށްގެންދިޔަ މުހިންމު މަސައްކަތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ހިތްފަސޭހަ މާޙައުލެއް ޤާއިމުކުރުމަކީ ސަރުކާރާއި އެޗްޑީސީގެ މުހިންމު އަމާޒެކެވެ. މިގޮތުން އައު މާސްޓަރ ޕްލޭންގެ ދަށުން އެ ސަރަޙައްދުގައި ތަފާތު ގިނަ ވަސީލަތްތައް ގާއިމުކުރުމަށް ރާވާފައިވާކަން އެޗްޑީސީން ފާހަގަކުރެއެވެ.

މިއަދު އޮންލައިން