1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ޟުޙާ ނަމާދުގެ އެންމެ މަދުނިމީ ކިތައް ރަކްޢަތް؟

މިއަދު
ކިޔުމަށް ހޭދަވާނީ 54ސ
1 ކިޔުންތެރިއަކަށް ކުޑަ މުސައްލައަކާ ހަދިޔާއެއްގެ އިތުރަށް 5 ފުޅި ހުވަނދުލިބޭ މިއަދުގެ ސުވާލު: ޟުޙާ ނަމާދުގެ އެންމެ މަދުނިމީ
ކިތައް ރަކްޢަތް؟

ޟުޙާ ނަމާދުގެ އެންމެ މަދުނިމީ ކިތައް ރަކްޢަތް؟ 

އެހީއެއް :  

ޟުޙާ ނަމާދުގެ އެންމެ މަދުމިނީ 2 ރަކްޢަތެވެ. އެންމެ 2 ރަކްއަތުން ނަމަވެސް ޟުޙާނަމާދުކުރަން ފަށާށެވެ. ގިނަ ރަކްޢަތް ކުރުމުގެ ހިތްވަރު ދެއްވެވުން އެދިގެން ދުޢާކުރަމުން އެކަމަށް މަސައްކަތްވެސް ކުރާށެވެ. މިހައިތަނަށް ނުކޮށް ތިބި މީހުންވެސް އެންމެ 2 ރަކްޢަތުން ނަމަވެސް ކުރަންފަށާށެވެ. ރަމަޟާން މަހު ސަމާލުކަންދީފިނަމަ މަސްނިމޭއިރު ހުންނާނީ އާދަވެފައެވެ. އިން ޝާ ﷲ  

ރޯދައަށް ހުރެގެންވެސް ގިނައިރު މަސައްކަތުގައި އުޅެންޖެހޭ މީހުން މަސައްކަތުގައި އުޅެމުންވެސް ޛިކުރުތައް ކިޔާނަމަ ދުވަސްނިމޭއިރު ވާނީ ވަރަށް ގިނަ ޢަދަދަކަށް ޛިކުރު ކިޔައިލެވިފައެވެ. އެކަމުގެ ފައިދާ ވަރަށް ބޮޑުވާނެއެވެ. އިން ޝާ ﷲ

ކޮންމެ ދުވަހަކުވެސް އިނާމު ލިބިލައްވާނީ ސުވާލު ޝާއިޢުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ޖަވާބު ދެއްވާ 1 ކިޔުންތެރިއަކަށެވެ. ސުވާލަށް ޖަވާބުދެއްވާ ކިޔުންތެރިންގެ ތެރެއިން އިނާމުލިބުމަށް ހޮވޭ ކިޔުންތެރިއަކަށް ފޭސްބުކް މެސެންޖަރުން މެސެޖެއް ލިބިލައްވާނެއެވެ. މެސެޖް ލިބިލެއްވުމުން 7788020 އަށް ގުޅާލަދެއްވާށެވެ. ނޫނީ 7788020 އަށް ވަޓްސްއަޕުން މެސެޖެއް ކޮށްލަދެއްވާށެވެ.

 

މިއަދު އޮންލައިން