ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 3ސ
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ވަގުތީ މާރުކޭޓެއް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަމާއެކު އެކި ބާވަތްތަކުގެ ކާބޯތަކެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ގާއިމްކޮށްފައިވާ ވަގުތީ މާރުކޭޓު މިއަދު ހުޅުވައިފިއެވެ. މި މާރުކޭޓަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާންމަހާ ދިމާކޮށް އާންމުންނަށް ބޭނުންވާ ތަކެތި ފަސޭހައިން ލިބޭނެ މަގު ފަހިކޮށްދިނުމަށް ހުޅުވި މާރުކޭޓެކެވެ.

މި ވަގުތީ މާރުކޭޓުގައި ޖުމްލަ 24 ގޮޅި ގާއިމްކޮށްފައިވާއިރު، މި ހުރިހާ ގޮޅިއެއްވެސް މިހާރު ވަނީ ދަނޑުވެރިންނަށް ދޫކޮށްފައެވެ. މި މާރުކޭޓުން މަހުގެ ބާވަތްތަކާއި، ރަމަޟާންމަހު އާންމުކޮށް ބޭނުންކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން، އެހެނިހެން ދިވެހި ކާބޯތަކެތިވެސް ލިބެން ހުންނާނެއެވެ.

މި މާރުކޭޓުގެ އެންމެ ހާއްސަ އެއް ކަމަކީ، ދަނޑުވެރިންނަށް މި ގޮޅިތައް ދޫކޮށްފައިވަނީ ކުލި ދައްކަން ނުޖެހޭ ގޮތަށް ކަމަށްވާތީއެވެ. މީގެ ސަބަބުން އާންމުންނަށް ހެޔޮ އަގުގައި ތަކެތި ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

މި މާރުކޭޓު ގާއިމުކޮށްފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް ޓަވަރު 8 އާއި އެ ސަރަހައްދުގައި ހުންނަ ވަގުތީ މިސްކިތާ ދޭތެރޭގައެވެ. މިއީ އެ ސަރަހައްދުގައި ދިރިއުޅޭ ގިނަ އަދަދެއްގެ ރައްޔިތުންނަށް ފަސޭހައިން ދެވޭނެ ފަދަ މަރުކަޒީ ސަރަހައްދެކެވެ.

މިއަދު އޮންލައިން