ޝެއާކޮށްލުމުން ފައިދާކުރާނެ ދުޢާއެއް!: ޙަޔާތަށް ބައިވެރިއަކު ލިބުން ލަސްވާނަމަވެސް އަދި ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ނުލިބޭނަމަވެސް މިދުޢާކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
ޝެއާކޮށްލުމުން ފައިދާކުރާނެ ދުޢާއެއް!: ޙަޔާތަށް ބައިވެރިއަކު ލިބުން ލަސްވާނަމަވެސް އަދި ބައިވެރިޔާގެ ކިބައިން ހިތްހަމަޖެހުން ނުލިބޭނަމަވެސް މިދުޢާކުރާށެވެ!

ޔާ ﷲ! ކައިވެނިކުރަން ބޭނުންވެ، ކައިވެނި ނުކުރެވި ތިބި އެންމެންނަށްވެސް ކައިވެނިކުރެވޭނެ މަގު ފަހިކޮށްދެއްވަވާނދޭވެ! އަދި ކައިވެނިކޮށްގެން ތިބި އެންމެނަކީވެސް އޭނާގެ ބައިވެރިޔާގެ ކިބައިން އުފަލާ ހިތްހަމަޖެހުން ލިބޭ ބައަކު ކަމުގައި ލައްވަވާނދޭވެ!

ޔާ ﷲ! ނުބައި އާދަތައް ހުރި ބައިވެރިންނަށް ހެޔޮވިސްނުން ދެއްވަވާނދޭވެ! އެމީހުންގެ ޢަމަލުތައް އިޞްލާޙްކުރަން މަގުފަހިކޮށްދެއްވަވާނދޭވެ! ބައިވެރިޔާއަށް ރަޙުމް ނުކުރާ ބައިވެރިންގެ ހިތުގައި ރަޙުމް ލައްވަޥާނދޭވެ! ތަޤްވާވެރިކަން ނެތް މީހުންނަށް ތަޤްވާވެރިކަން އިތުރުކޮށްދެއްވަވާނދޭވެ! 

ޔާ ﷲ! މިއަޅާއަށް ދެއްވަވާ ބައިވެރިއަކީ މިއަޅާއަށް ރަޙުމްކުރާ، މިއަޅާ ގޮވައިގެން ސުވަރުގެދިއުމަށް މަސައްކަތްކުރާނެ މީހަކު ކަމުގައި ލައްވަވާނދޭވެ! ދަރިން ލިބުމުން އިނބަ ﷲ ގެ މަގުގައި ދަރިން ތަރުބިއްޔަތުކުރަން މަސައްކަތްކުރާނެ މީހަކު ކަމުގައި ލައްވަވާނދޭވެ!  

ތިބާގެ ދުޢާއިން މީހަކަށް ފައިދާކޮށްފިނަމަ އެކަމަށްޓަކައި ތިބާއަށް ޘަވާބު ދެއްވަވާނެތެވެ. އަދި ކަންކަމަށް ބޭނުންވެގެން ހުރެ އެކަންކަން އެހެން މީހުންނަށް ހިންމަވައި ދެއްވެވުން އެދިގެން ދުޢާކުރުމަކީ އެމީހަކަށްވެސް އެކަންކަން ހިންމަވައި ދެއްވަވާ ސަބަބެކެވެ. އިން ޝާ ﷲ

 

- މުފްތީ މެންކްގެ ދަރުސަކުން / މިއަދުނޫސް

މިއަދު އޮންލައިން