ރަމަޟާން މަހަކީ އެއްބައިވަންތަކަމާއި އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާލާކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ މައްސަރެއް

މިއަދު
ކިޔުމަށް ހޭދަވާނީ 56ސ
ރަމަޟާން މަހަކީ އެއްބައިވަންތަކަމާއި އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާލާކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ މައްސަރެއް

ރަމަޟާން މަހަކީ އެއްބައިވަންތަކަމާއި އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާލާކުރުމުގެ މުހިންމުކަން ހަނދާންކޮށްދޭ މައްސަރެކެވެ. އިތުބާރު ހުރި ދަތުރުފަތުރުގެ ނިޒާމެއް އޮތުމަކީ، ޖިއޮގްރަފީ ގޮތުން ދުރުގައި ހުރި ރަށްތަކުގެ މެދުގައި އޮންނަ ގުޅުން ދެމެހެއްޓުމަށް ލިބޭ ވަރަށް ބޮޑު ބާރެކެވެ.

ފާފު އަތޮޅާއި ދާލު އަތޮޅަށް އާރު.ޓީ.އެލްގެ ޚިދުމަތް ފުޅާވުމާއެކު، އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ވަނީ ކުރިއަށްވުރެ ފަސޭހަވެފައެވެ. މީގެ ސަބަބުން އާއިލާތަކަށް އެއްވެސް ތަފާތެއް ނެތި ރޯދަ ވީއްލުންތަކަށާއި އަޅުކަމުގެ ކަންކަމުގައި ބައިވެރިވުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ.

ފެރީގެ މި ވިއުގައަކީ ހަމައެކަނި އިގްތިސާދީ ބޭނުމަކަށް އޮތް އެއްޗެއް ނޫނެވެ. މިއީ އިޖުތިމާއީ އަދި ސަގާފީ ގުޅުންތައް ބަދަހިކޮށްދޭ ވަސީލަތެކެވެ. ޚާއްސަކޮށް ރަމަޟާން މަހު މިފަދަ ގުޅުންތަކުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް އިތުރުވެގެންދެއެވެ.

ކަނޑުގެ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަ ކުރުމަކީ، ރަށްތަކާއި އަތޮޅުތަކުގެ މެދުގައި އޮންނަ އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމެކެވެ.

ހަބަރު: ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ

މިއަދު އޮންލައިން