ކަރެކްޝަނަލް ސާވިސް އިން "މައިއެމްސީއެސް" ޕޯޓަލް މިއަދު ބޭނުން ކުރަން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކަރެކްޝަނަލް ސާވިސް އިން "މައިއެމްސީއެސް" ޕޯޓަލް މިއަދު ބޭނުން ކުރަން ފަށައިފި

ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް ލުއިފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން "މައިއެމްސީއެސް" ޕޯޓަލް މިއަދު ރަސްމީކޮށް ބޭނުން ކުރަން ފަށައިފިއެވެ. މިއީ އެ މުއައްސަސާގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ކަރެކްޝަނަލް ސާވިސްގެ ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އެކުލަވާލި އިސްތިރާޖީ އެކްޝަން ޕްލޭނާއި، މައި އެމްސީއެސް ޕޯޓަލް އަދި ޕްރިޒަން ޑޭޓާ މެނޭޖްމަންޓް ސިސްޓަމް އިފްތިތާހުކޮށްފައިވަނީ މި ހިނގާ ނޮވެމްބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ޕޯޓަލްއަކީ ކުރިން ބޭނުން ކުރަމުން އައި އީ-ސަރވިސް ޕޯޓަލްއަށްވުރެ ޒަމާނީކޮށް، ރައްޔިތުންނަށް ލުއިފަސޭހަވާނެހެން ފަރުމާކޮށްފައިވާ ނިޒާމެކެވެ.

މި ޕޯޓަލް މެދުވެރިކޮށް ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބިގެންދާނެއެވެ. އޭގެ ތެރޭގައި ކުށުގެ ރެކޯޑް ސާފުކުރުމަށް އެދުމާއި، ވަކީލުންނާއި އާއިލާތަކުން ގައިދީންނާއި ބަންދުގައި ތިބޭ މީހުންނާ ބައްދަލުކުރުމަށް އެދި ހުށަހެޅުން ހިމެނެއެވެ. މީގެ އިތުރުން މުއައްސަސާގެ ވަޒީފާތަކަށް އެދުމާއި، ގައިދީންނަށާއި ބަންދުގައި ތިބޭ މީހުންނަށް ފައިސާ ފޮނުވުމުގެ ޚިދުމަތްވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެއެވެ.

"މައިއެމްސީއެސް" ޕޯޓަލްއަށް ލޮގްއިން ކުރެވޭނީ ސަރުކާރުގެ ޑިޖިޓަލް އައިޑީ، އީ-ފާސް ބޭނުންކޮށްގެންނެވެ. އަދި މި ޕޯޓަލް ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ބޭނުންކުރެވޭ ގޮތަށް ވަނީ އިންތިޒާމުކޮށްފައެވެ. މިއީ ކަރެކްޝަނަލް ސާވިސްގެ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް ވަގުތު ސަލާމަތްވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ބަދަލެކެވެ

މިއަދު އޮންލައިން