ތަނަވަސް އަންހެނެއްގެ ތަނަވަސްކަން އޮއްސާލުމުންވެސް ލޯބިވެރިޔާއަށްޓަކައި ދީލައިނުލާ އެކުގަ ސާބިތުވި ޒުވާނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 4ސ
ތަނަވަސް އަންހެނެއްގެ ތަނަވަސްކަން އޮއްސާލުމުންވެސް ލޯބިވެރިޔާއަށްޓަކައި ދީލައިނުލާ އެކުގަ ސާބިތުވި ޒުވާނެއްގެ ވާހަކަ-


އެއީ ވަރަށް ލޯބިން އެކުގަ އުޅެމުން އަންނަ ދެލޯބިވެރިންނެވެ. އަންހެންކުއްޖާގެ ވަރަށް ޚާއްޞަ އެކުވެރިއަކު ހުރެއެވެ. އެއީ ތަނަވަސް އަންހެން ކުއްޖެކެވެ. އެކުވެރިޔާއަށް ލޯބިވެރިޔާ ތަޢާރްފަްކޮށްދިނުމުން ކަންތައް މެދުވެރިވީ މުޅިން ތަފާތު ގޮތަކަށެވެ.  

އެކުވެރިޔާ ލޯބިހުށަހެޅީއެވެ. އޭނާއާއި ގުޅިއްޖެނަމަ ތަނަވަސްކަމުގައި ގެންގުޅޭނެ ކަމަސް ބުންޏެވެ. އަމިއްލަ ކުންފުނިން ރަނގަޅު ވަޒިފާއެއް ދޭނެ ކަމަށްވެސް ބުންޏެވެ. ޔަޤީންކަްނ ދިނުމުގެ ގޮތުން އެކައުންޓަށް 1 ލައްކަ ރުފިޔާ ވަޤުތުން ޖަމާކޮށްދޭނެ ކަމަށްވެސް ބުންޏެވެ. މިއިން އެއްވެސް ހުށަހެޅުމެއް އޭނާ ޤަބޫލުނުކުރުމުން ދެން ދައްކަންފެށީ ލޯބިވެގެން އުޅޭ އަްނހެން ކުއްޖާގެ ގޯސްވާހަކަތަކެވެ. ބައިވަރު ލޯބިވެރިން ގެންގުޅޭކަމަށްވެސް ބުންޏެވެ.  

ފިރިހެން ކުއްޖާ ބުންޏެވެ. "ލޯބިވެގެން އުޅޭތާ 2 އަހަރުވީއެވެ. ތިއަ ޒާތުގެ އެއްވެސް ކަމެއް ނުދެކެމެވެ. ޝައްކުކުރާކަށްވެސް ނުޖެހެއެވެ. ޒަވާޖީހަޔާތް އުފަލުގައި ހޭދަކުރަން ބޭނުންވަނީ ތަނަވަސްކަމެއް ނޫނެވެ. ލޯތްބާއި އިތުބާރެވެ. ތިބާއަށް ތަނަވަސްކަން ލިބިފައި އެބަހުއްޓެވެ. އެއިން ކުރަނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިޑާއެއް ކުރާނަމަ ތިއަހާ ދަށުދރަޖައަށް ވެއްޓޭކަށް ނުޖެހޭނެއެވެ. އެންމެ ގާތް އެކުވެރިޔާގެ ލޯބިވެރިޔާ އާއި ތިއަގޮތަށް ވާހަކަދައްކާކަށް ނުޖެހުނީހެވެ."  

އަންހެން ކުއްޖާ ވަރަށް ދެރަވިއެވެ. ލަދުވެސް ގަތެވެ. ބުންޏެވެ. "ތިއަބުނީ ވަރަށް ބޮޑު ތެދެކެވެ. އަހުރެންނަށް ލިބިފައިވާ ތަނަވަސްކަމުން ލިބޭ ހިތްހަމަޖެހުމެއް ނެތެވެ. ލޯބިވެވޭ ކޮންމެ މީހަކުވެސް އުޅެނީ އޭނާގެ ބޭނުންތައް ޙާޞިލުކުރާށެވެ. އަހުރެން ދެކެ ލޯބިވެގެން އަހުރެން ގޮވައިގެން ދިރިއުޅުމަކަށް ނުވިސްނައެވެ. އެކަމުގެ ސަބަބުން ހިތުގައި އުފެދިފައިވާ ނުތަނަވަސްކަން ބޮޑުކަމުން އެހެން މީހުން ލޯބިން އުޅޭތަން ފެނުމުން ޙަސަދަވެރިވެވެނީއެވެ. ތިބާއާއި މިގޮތަށް ވާހަކަދެއްކުނު ސަބަބަކީވެސް އެއީއެވެ. ތިބާ އަހުރެންނަށް މަޢާފްކުރާށެވެ. މިއީ ނުދެކެވޭ ވާހަކައަކަށް ހަދައިދޭށެވެ. ތިއަ ދެމީހުންނަށް އަބަދުވެސް ހެޔޮކޮށް ހިތާނަމެވެ."  

މިއީ އަޅުގަނޑުގެ އެކުވެރިއަކަށް ކަންތައް މެދުވެރިވި ގޮތެވެ. އެތަނަވަސްކުއްޖާއަކީވެސް އަޅުގަނޑުގެ އެކުވެރިއެކެވެ. ކުރެވުނު ހިތި ތަޖުރިބާތަކަށްފަހު މިހާރު އުޅެނީ ވަރަށް އާދައިގެ ފެންވަރުގެ ޒުވާނަކާއި ކައިވެނިކޮށްގެންނެވެ. އެޒުވާނާގެ އަތުގައި އެއްވެސް ތަނަވަސްކަމެއް ނެތެވެ. އެކަމަކު އެއީ ތަޤްވާވެރިއެކެވެ. އަހުރެންގެ އެކުވެރިޔާއަށްޓަކައި ހެޔޮދުޢާކުރަމެވެ.  

ދެން ބުނެލަން ބޭނުންވަނީ މިއަދުގެ ޒުވާނުންގެ ތެރޭގައިވެސް އޭނާ ފަދަ ހަރުދަނާ، ދިރިއުޅުމަށް ވިސްނާ، ލޯބިވެރިޔާގެ އަގުވަޒަންކުރާ ޒުވާނުން ތިބިކަން މިޙާދިސާއިންވެސް އެބަ އެނގެއެވެ. މަސައްކަތްކުރަންވީ އެފަދަ މީހަކާއި ބައްދަލުވޭތީއެވެ.  

- ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް  

- ޢިބްރަތްތެރި ވާހަކަ

މިއަދު އޮންލައިން