ރަމަޟާން މަހަށް ހާއްސަ ކުއިޒެއްގައި ބައިވެރިވެގެން ގިފްޓް ބާސްކެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 13ސ
ރަމަޟާން މަހަށް ހާއްސަ ކުއިޒެއްގައި ބައިވެރިވެގެން ގިފްޓް ބާސްކެޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފި


މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހާ ގުޅުވައިގެން، ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ޚާއްޞަ އޮންލައިން ކުއިޒެއްގައި ބައިވެރިވެ، އަގުހުރި ގިފްޓް ބާސްކެޓެއް ހޯދުމުގެ ފުރުޞަތު އާންމުންނަށް ހުޅުވާލައިފިއެވެ.

މި ކުއިޒަކީ ރަމަޟާން މަހުގެ މުނާސަބަތުގައި އާންމުންގެ މެދުގައި، ވަކިން ހާއްސަކޮށް ޒުވާނުންގެ މެދުގައި ދީނީ އަދި އާންމު މަޢުލޫމާތު މުއްސަނދިކުރުމުގެ މަޤްޞަދުގައި އެ ވުޒާރާއިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ގުރުއަތުން ހޮވޭ ފަރާތްތަކަށް ހާއްސަ ހަދިޔާ ބާސްކެޓްތަކެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކުއިޒްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިކަމަށް ހާއްސަކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

ކުއިޒްގައި ބައިވެރިވުމަށް ބޭނުންކުރާނެ ލިންކަކީ:

https://docs.google.com/forms/d/e/1FAIpQLSfpYUPybE239QbLWMaZXfKTPNW48sVMocCHZjm047FpFoDD9g/viewform

ޒުވާނުން ބާރުވެރިކުރުވުމާއި، މަޢުލޫމާތާއި ފަންނާ ބެހޭ ވުޒާރާއިން މަޢުލޫމާތު ދެއްވާގޮތުގައި، މި ކުއިޒްގައި ބައިވެރިވުމުގެ އެންމެ ފަހު ވަގުތަކީ އަންނަ މަހުގެ 19 ވާ އަންގާރަ ދުވަހެވެ. އެހެންކަމުން ވީހާވެސް ގިނަ ފަރާތްތަކުން މި ފުރުސަތުގެ ބޭނުން ހިފުމަކީ އެ ވުޒާރާގެ އެދުމެކެވެ.

މި ސަރުކާރުން އަންނަނީ ޒުވާނުންގެ ހުނަރާއި މަޢުލޫމާތު އިތުރުކުރުމަށްޓަކައި މިފަދަ ތަފާތު ގިނަ ހަރަކާތްތަކެއް މި ރަމަޟާން މަހުވެސް ރާވައި ހިންގަމުންނެވެ.

މިއަދު އޮންލައިން