ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 31ސ
ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީ %30 އިތުރުވެއްޖެ

މި އަހަރުގެ ޖަނަވަރީ މަހު ދައުލަތަށް ޑޮލަރުން ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު %30 އިތުރުވެފައިވާ ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފިއެވެ. މީރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ޖަނަވަރީ މަހު ޖުމްލަ 180,421,663 ޑޮލަރު އާމްދަނީގެ ގޮތުގައި ބަލައިގަނެފައިވެއެވެ.

މިދިޔަ އަހަރުގެ ޖަނަވަރީ މަހު ޑޮލަރުން ލިބިފައިވަނީ 125,885,592 ޑޮލަރެވެ. އެހެންކަމުން މިއަހަރުގެ ފުރަތަމަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ. ޖަނަވަރީ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓީ-ޖީއެސްޓީ، ޑީޕާޗާ ޓެކްސް، އިންކަމް ޓެކްސް އަދި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ.

މީރާގެ ރިޕޯޓުގައިވާ ގޮތުން ޑޮލަރުން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ ޓީ-ޖީއެސްޓީގެ ގޮތުގައެވެ. އެގޮތުން ޓީ-ޖީއެސްޓީގެ ގޮތުގައި 79 މިލިޔަން ޑޮލަރު ލިބިފައިވާއިރު، އިންކަމް ޓެކްސްގެ ގޮތުގައި 37 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ އިތުރުން ލޭންޑް އެކިއުޒިޝަން އެންޑް ކޮންވާޝަން ފީގެ ގޮތުގައި 17 މިލިޔަން ޑޮލަރު ލިބިފައިވެއެވެ.

އެހެނިހެން ދާއިރާތަކަށް ބަލާއިރު، ގްރީން ޓެކްސްގެ ގޮތުގައި 14 މިލިޔަން ޑޮލަރު، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 12 މިލިޔަން ޑޮލަރު އަދި ޑިޕާޗާ ޓެކްސްގެ ގޮތުގައި 11 މިލިޔަން ޑޮލަރު ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް ލިބިފައިވަނީ ގްރީން ޓެކްސް އަށެވެ. ގްރީން ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު ދެ ގުނައަށް އިތުރުވެފައެވެ.

މި ހިސާބުތަކުން ދައްކާގޮތުގައި ދައުލަތަށް ޑޮލަރުން ލިބޭ އާމްދަނީ ވަނީ ފާއިތުވި އަހަރާ އަޅާބަލާއިރު ވަރަށް ބޮޑަށް ރަނގަޅުވެފައެވެ. މިއީ ފަތުރުވެރިކަމުގެ ދާއިރާއިންނާއި އިގްތިސާދީ އެހެނިހެން ހަރަކާތްތަކުން ލިބުނު ކުރިއެރުމެއް ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން