ހިތާމައެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާ- ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާ ދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 46ސ
ހިތާމައެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާ- ގިނަ ބައަކު އެންމެ ބޮޑަށް ބޭނުންވާ ދުޢާ!

 

"ހިތާމައެއް ކުރިމަތިވުމުން ކުރުން އެންމެ ރަނގަޅު ދުޢާއަކީ ކޮބައިތޯ؟" މިއީ ވެސް އަބަދުހެން ކިޔުންތެރިން ކުރައްވާ ސުވާލެކެވެ. 

ސުވާލުގެ ޖަވާބުގައި ދަންނަވަން އޮތީ ހިތާމައާއި ހިތްދަތިކަމުގެ ޙާލަތުގައި ކުރަން ހުރި ވަރަށް ގިނަ ދުޢާތައް ސުންނަތުގައި ބަޔާންވެގެންވެއެވެ.  

މިލިޔުމުގައި އެވަނީވެސް އެފަދަ ދުޢާއެކެވެ. އަދި އެވަގުތު ޙާލަތުގެ ގޮތުން ދުޢާކުރަން އުނދަގޫނަމަ ޛިކުރުކުރާށެވެ! އަސްތަޣްފިރުﷲ ނަމަވެސް ކިޔުން ގިނަކުރާށެވެ! ﷲ ތަޢާލާގެ ރަޙްމަތަށް އެދޭށެވެ. ހަމައެއާއިއެކު ކިތަންމެ ކުޑަ ނަމަވެސް ފާފައެއް ނުކޮށް ހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ!   

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ކުރާ ދުޢާ 

كَانَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ عِنْدَ الْكَرْبِ: «لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ».

[مُتَّفَقٌ عَلَيْهِ] 

ހިތާމަވެރިކަން ކުރިމަތިވާ ވަޤުތު ނަބިއްޔާ صلى الله عليه وسلم މިފަދައިން ވިދާޅުވާކަމުގައިވެއެވެ.  

لَا إِلَهَ إِلَّا اللَّهُ الْعَظِيمُ الْحَلِيمُ.

لَا إِلَهَ إِلَّا اللَّهُ رَبُّ الْعَرْشِ الْعَظِيمِ.

لَا إِلَهَ إِلَّا اللَّهُ رَبُّ السَّمَاوَاتِ وَرَبُّ الْأَرْضِ رَبُّ الْعَرْشِ الْكَرِيمِ. 

މާނައީ: "މަތިވެރިވެ ޙިލްމުވެރިވެވޮޑިގެންވާ ﷲ މެނުވީ އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

މަތިވެރި ޢަރުޝުގެ ވެރި ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ.

އުޑުތަކުގެ ވެރި ރައްބު، ބިމުގެ ވެރި ރައްބު އަދި މާތް ޢަރުޝުގެ ވެރި ރައްބުކަމުގައިވާ ﷲ ފިޔަވައި އަޅުކަން ޙައްޤުވާ އެހެން އެއްވެސް އިލާހަކު ނުވެއެވެ." 

[ރިވާކުރެއްވީ އިމާމް ބުޚާރީއާއި އިމާމް މުސްލިމް رحمهما الله]

___________________________________

الأذكار والآداب – ޝައިޙް ޢަބްދުލް މުޙްސިން ބުން މުޙައްމަދު އަލްޤާސިމް حفظه الله  –

 

- މަސްދަރު: ދިސަލަފިއްޔާ

 

 

މިއަދު އޮންލައިން