މަންމަ ރުހޭ އަންހެނަކާ ދަރިފުޅު ކައިވެނިކުރުވަން ބޭނުންވެގެން ތަޤްވާވެރި ޅީދަރިފުޅަށް އަނިޔާވެރިވާން އުޅުނީމާ ކުރިމައްޗަށް ކަޅު ހިޔަންޏެއް އަރައި އެކަމަށް ހުރަސްއެޅި ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
މަންމަ ރުހޭ އަންހެނަކާ ދަރިފުޅު ކައިވެނިކުރުވަން ބޭނުންވެގެން ތަޤްވާވެރި ޅީދަރިފުޅަށް އަނިޔާވެރިވާން އުޅުނީމާ ކުރިމައްޗަށް ކަޅު ހިޔަންޏެއް އަރައި އެކަމަށް ހުރަސްއެޅި ގޮތުގެ ވާހަކަ-

 

މަނަމަގެ ކަމަކީ އަނބިމީހާގެ ޝަކުވާތައް ކުރުމެވެ. މަންމަ ބުނަމުން ގެންދިއައީ އަނބިމީހާ އޭނާއަށް އިޙްތިރާމްނުކުރާ ކަމަށެވެ. ބުނާ އެއްވެސް ކަމެއް ނުކުރާކަމަށެވެ. ދޭ އެއްވެސް ނަޞީޙަތެއް ޤަބޫލުނުކުރާ ކަމަށެވެ.  

އެވާހަކަތައް ޤަބޫލުކުރަން ދަރިފުޅަށް އުނދަގުލެވެ. އެއީ އަނބިމީހާގެ ފަރާތުން އެފަދަ އެއްވެސް ކަމެއް އޭނާއަށް ނުފެންނާތީއެވެ. އަބަދުވެސް ފެންނަނީ މަންމައަށް ހެޔޮކޮށްހިތައިގެން އުޅެން މަސައްކަތްކުރާތަން ކަމަށްވާތީއެވެ.  

މަންމަގެ މިޝަކުވާތަކުގެ ފަަހތުގައި ފޮރުވިފައި އޮތް ސިއްރު ހޯދާނެ ގޮތަކާއިމެދު ވިސްނަމުން ގޮސް އެއް ދުވަހު އަނބިމީހާ ޢާއި ދިމާލަށް ބުނީ އަބަދު އަހުރެންގެ މަންމަ ނިކަމެތިކުރާތީ އެކގައި އުޅެވެން ނެތް ކަމަށެވެ. އެހެންވެ އަވަހަށް ގެއަށް ދިއުމަށެވެ.  

އަނބިމީހާ ޙައިރާންވެގެންހުރެ ރޮމުން ބުންޏެވެ. " ﷲ ގަންދީ ހުވާކޮށްފައި ބުނަމެވެ. މަންމަ އަހުރެންނާއިމެދު އެކުރާ އެއްވެސް ޝަކުވާއަކީ އެއްވެސް ވަރެއްގެ ޙަޤީޤަތެއް އޮތް ޝަކުވާއެއް ނޫނެވެ. އެކަމަކުވެސް އަހުރެން މިހުރީ ނުކުމެގެންދާށެވެ."  

މަންމައަކަށް ކެތެއް ނުކުރެވުނެވެ. ބުންޏެވެ. "ދަރިފުޅާއެވެ! އޭނާ އެދައްކާ ވާހަކަތައް ޤަބޫލުނުކުރާށެވެ! އަވަހަށް ގެއިން ނެރެ ފޮނުވައިލާށެވެ! ދަރިފުޅަށް މާރަނގަޅު އަންތބަކު މަންމަ ހޯދައިދޭނަމެވެ." 

ދަރިފުޅު ބުންޏެވެ. "މަންމާއެވެ! އަނބިމީހާ ފޮނުވައެއް ނުލާނަމެވެ. މަންމަގެ ޝަކުވާތައް ގިނަވެ ކެތްތެރިކަން ކޮޅުން ލުމުން މިކުރީ އިމްތިޙާނެކެވެ. މަންމަގެ ޝަކުވާތަކުގެ ޙަޤީޤަތް އުޅުންފިލުވަންވެގެންނެވެ. މަންމައަށް ޙަޤީޤަތް ތިއަބުނެވުނީ އެވެ. މަންމަ ބޭނުންވެގެން ތިއައުޅެނީ މަންމައާއި ގުޅުންހުރި ކޮންމެވެސް އަންހެނަކާއި އަހުރެން ގުޅުވާށެވެ! އެކަމެއް ނުކުރުވޭނެއެވެ. އަހުރެންގެ އަނބިމިހާއަކީ ތަޤްވާވެރިއެކެވެ. އޭނާ ﷲ ގަންދީ ހުވާކުރި ވަޤުތު އަހުރެންގެ މެއަށް ހީވީ ހޫނުފެންއެއްޗެއް އޮއްސައިލިހެންނެވެ." 

އެހިސާބުން އަނގައިންވެސް ނުބުނެ މަންމަ ގޮސް ކޮޓަރިއަށް ވަނީއެވެ. 5 މިނިޓްވެސް ނުވެ ނުކުމެގެން އައިސް ދެމަފިރިންގެ ކިބައިން މާފަށް އެދުނެވެ. ކުރެވުނު ހުރިހާ ޝަކުވާތަކަކީވެސް ދޮގުކަމަށް ބުންޏެވެ. ދެން ދުވަހަކުވެސް އެފަދަ ވާހަކައެއް ނުދައްކާނެ ކަމަށްވެސް ބުންޏެވެ.

މަންމައަށް ތިއަހައި ބޮޑު ބަދަލެއް ކުއްލިއަކަށް އައިސަބަބާއިމެދު ދަރިފުޅު ސުވާލުކުރުމުން ބުންޏެވެ. "ދަރިފުޅު އެހުވާކުރިތަނާހެން އަހުރެންގެ ލޯމަތީގައި ކަޅު ހިޔަންޏެއް ހުއްޓުނެވެ. ކޮޓަރިއަސްވަނީވެސް ބިރުންހުރެއެވެ. ހިޔަނިން ސަލާމަތްވާނެ ކަމަށެވެ. ނަމަވެސް އެހިޔަނި އެފިލީ އަހުރެން މާފަށް އެދުނީމައެވެ."  

ޅީދަރިންނަށް އަނިޔާވެރިނުވާށެވެ! ތަޤްވާވެރިއަކަށް އަނިޔާވެރިވެއްޖެނަމަ ކޮންމެ މީހަކަށް ކަޅުހިޔަންޏެއް ނުފެނިދާނެއެވެ. ނަމަވެސް އެކަން ކޮންމެވެސް ސިފައެއްގައި އެމީހަކާއި ބައްދަލުކުރާނެއެވެ. އެއީ ތަޤްވާވެރިއެއްގެ ދިރިއުޅުން ހަލާކުކޮސްލުވީތީއެވެ. އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއްކަންތަކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން  

- ޢިބްރަތްތެރި ޥާހަކަ

މިއަދު އޮންލައިން