ރަމަޟާންމަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާގެ ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 31ސ
ރަމަޟާންމަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާގެ ޚިދުމަތްދޭ ގަޑިތައް ހާމަކޮށްފި

މި ރަމަޟާންމަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އިން ޚިދުމަތް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރު 13:00 އަށެވެ.

އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިން 1412 އަދި އިޖުތިމާޢީ އަދި ޢާއިލީ މައްސަލަތައް ރިޕޯޓުކުރުމަށް ގުޅާ ހެލްޕްލައިން 1421 އިން ކުރިއެކޭވެސް އެއްފަދައިން 24 ގަޑިއިރު މެދުނުކެނޑި ޚިދުމަތް ލިބެމުންދާނެއެވެ.

މި ވުޒާރާއިން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން، ލުއިފަސޭހަ ވާނެހެން، އޯގާތެރިކަމާއި، ހިތްހެޔޮކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށެވެ.

މިއަދު އޮންލައިން