ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނުނަމަވެސް އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40ރ. އަށް!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 10ސ
ބާޒާރުގައި އޮރެންޖުގެ އަގު އުފުލުނުނަމަވެސް އެސްޓީއޯއިން އޮރެންޖު ކިލޯއެއް 40ރ. އަށް!

ބާޒާރުގައި އޮރެންޖުގެ އަގު އުފުލިފައިވާ މި ދަނޑިވަޅުގައި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން އޮރެންޖު ކިލޯއެއް 40 ރުފިޔާއަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.

އެސްޓީއޯއިން މައުލޫމާތު ދޭ ގޮތުގައި އެ ކުންފުނިން މިހާރު އޮރެންޖު ކިލޯއެއް ވިއްކަމުންދަނީ 40 ރުފިޔާގެ ރޭޓުންނެވެ. މި އަގަށް ބަލާއިރު، ވަކިން އޮރެންޖެއްގެ އަގު އުޅެނީ 5.7 ރުފިޔާއާއި 6.7 ރުފިޔާއާ ދެމެދުގައެވެ. އެސްޓީއޯއިން ބުނީ ބާޒާރުގައި އޮރެންޖުގެ އަގު ބޮޑުވެފައިވީ ނަމަވެސް، ލަސްވެފައިވާ ޝިޕްމަންޓްތައް ކްލިއަރވެ ބާޒާރަށް ނެރެން ފެށުމާއެކު، މިހާރު އަގުތައް ދަށްވާން ފަށާފައިވާ ކަމަށެވެ.

އޮރެންޖުގެ އަގަށް މިފަދަ ބަދަލެއް އަންނަން މެދުވެރިވީ ބައިނަލްއަގުވާމީ ދަތުރުފަތުރުގެ ނިޒާމަށް ދިމާވި ގޮންޖެހުންތަކުގެ ސަބަބުން ކަމަށް އެސްޓީއޯއިން ފާހަގަކުރެއެވެ. އެގޮތުން ސްރީލަންކާގެ ބަނދަރުތައް ތޮއްޖެހުމުގެ ސަބަބުން މުދާ ގެނައުމުގައި ލަސްތަކެއް ކުރިމަތިވި ކަމަށް އެ ކުންފުނިން ބުނެއެވެ.

މީގެ އިތުރުން، އޮރެންޖު އެކްސްޕޯޓްކުރާ މައިގަނޑު ގައުމުތައް ކަމަށްވާ މިސްރާއި ދެކުނު އެފްރިކާ ފަދަ ގައުމުތަކުން މުދާ ލިބުމުގައި ދަތިތަކެއް ހުރިކަން އެސްޓީއޯއިން ފާހަގަކުރެއެވެ. އެފްރިކާގެ ބަނދަރުތައް ތޮއްޖެހުމާއި، ކޭޕް އޮފް ގުޑް ހޯޕް މަގުން އުޅަނދުފަހަރު ދަތުރުކުރަން ޖެހުމުގެ ސަބަބުން، މުދާ ރާއްޖެއާ ހަމައަށް ފޯރުމަށް ހޭދަވާ ވަގުތު އިތުރުވެފައިވާ ކަމަށްވެސް އެސްޓީއޯއިން މައުލޫމާތު ދެއެވެ.

މިއަދު އޮންލައިން