ކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ޖުމްލަ 15,236 މީހުން ރަޖިސްޓްރީކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ. އެ އެޖެންސީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއީ މިއަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށް އެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންގެ އަދަދެވެ.
އެންސްޕާއިން ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، ދަފްތަރުގައި ހިމެނޭ ޖުމްލަ މީހުންގެ ތެރޭގައި ހިމެނެނީ 6,410 އަންހެނުންނާއި 8,826 ފިރިހެނުންނެވެ. މީގެ ތެރޭގައި 18 އަހަރުން ދަށުގެ 5,160 ކުދިން ހިމެނޭއިރު، އޭގެ ތެރޭގައި ހިމެނެނީ 1,563 އަންހެން ކުދިންނާއި 3,539 ފިރިހެން ކުދިންނެވެ.
އުމުރުފުރާތަކަށް ބަލާއިރު، 18 އަހަރާއި 64 އަހަރާ ދެމެދުގެ ޖުމްލަ 7,697 މީހުން މި ދަފްތަރުގައި ރަޖިސްޓްރީވެފައިވެއެވެ. މި އުމުރުފުރާއިން ދަފްތަރުގައި ހިމެނެނީ 3,744 އަންހެނުންނާއި 3,953 ފިރިހެނުންނެވެ.
މީގެއިތުރުން، 65 އަހަރުން މަތީގެ މީހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޖުމްލަ 2,379 މީހުން ވަނީ ރަޖިސްޓްރީވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 1,103 އަންހެނުންނާއި 1,276 ފިރިހެނުންނެވެ. މި ތަފާސްހިސާބުތަކަކީ ރާއްޖޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަމާއި ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ ދަފްތަރުގެ އެންމެ ފަހުގެ މައުލޫމާތެވެ.