ނޮޅިވަރަންފަރަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް ކަރަންޓު ފޯރުކޮށްދޭންފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
ނޮޅިވަރަންފަރަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް ކަރަންޓު ފޯރުކޮށްދޭންފަށައިފި

ހދ. ނޮޅިވަރަންފަރަށް ދިމާވި ކަރަންޓު މައްސަލަ ހައްލުކޮށް، އެ ރަށަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ. ނޮޅިވަރަންފަރުގައި ބޭނުންކުރަމުންދިޔަ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ރަށުން ކަރަންޓު ކެނޑިފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

މިކަމާގުޅިގެން ދައުލަތުގެމީޑިއާއަށް މަޢުލޫމާތު ދެއްވަމުން ފެނަކައިން ވިދާޅުވީ، މި މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުން ރޭ މެންދަމު 02:30 ހާއިރު އެ ރަށަށް އެއްކޮށް ކަރަންޓު ފޯރުކޮށްދެވިފައިވާ ކަމަށެވެ. މިއާއެކު ރަށުގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އާންމު ހާލަތުގައި ކަރަންޓުގެ ހިދުމަތް ލިބެން ފަށާފައެވެ.

ނޮޅިވަރަންފަރުގެ އިތުރުން، އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރުމަށްޓަކައިވެސް ފެނަކައިން އަންނަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ. އެ ކުންފުނިން އަމާޒު ހިފާފައިވަނީ ވީ އެންމެ އަވަހަކަށް އައްޑޫގެ ކަރަންޓުގެ ހިދުމަތްވެސް ފުރިހަމައަށް އިއާދަކުރުމަށެވެ.

ފެނަކައިން އިތުރަށް ބުނެފައިވަނީ ރަށްރަށުގެ އިންޖީނުގެތަކަށް ދިމާވާ މިފަދަ މައްސަލަތައް ދާއިމީކޮށް ހައްލުކޮށް، ރައްޔިތުންނަށް މެދުކެނޑުމެއް ނެތި ކަރަންޓުގެ ހިދުމަތް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ ކުންފުނިން ކުރަމުންދާނެ ކަމަށެވެ.

މިއަދު އޮންލައިން