ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދަތުރުކުރި ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެ

މިއަދު
ކިޔުމަށް ހޭދަވާނީ 59ސ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދަތުރުކުރި ފްލައިޓެއް އެނބުރި ރާއްޖެ އަތުވެއްޖެ

މެދުއިރުމަތީގެ ގިނަ ގައުމުތަކެއްގެ ވައިގެ ސަރަހައްދު ބަންދުކުރުމާ ގުޅިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދުބާއީއަށް ދަތުރުކުރި ފްލައި ދުބާއީގެ ފްލައިޓެއް މިއަދު އަނބުރާ ރާއްޖެއަށް ޖައްސައިފިއެވެ.

މެދުއިރުމަތީގެ ވައިގެ ސަރަހައްދުތައް ކުއްލި ގޮތަކަށް ބަންދުކުރަން ޖެހުނީ އެމެރިކާގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން އިރާނުން ދޭން ފެށި ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރަށް ވަނީ ބޮޑެތި ބުރޫތަކެއް އަރާފައެވެ.

މާލެއިން ދުބާއީއަށް ދަތުރުކުރި މި ފްލައިޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާފައިވަނީ މިއަދު މެންދުރުފަހު 14:14 ގައެވެ. ނަމަވެސް، ވައިގެ ސަރަހައްދުތައް ބަންދުވުމާ ގުޅިގެން ދަތުރު ކުރިއަށް ނުގެންދެވިގެން އެ ބޯޓު ވަނީ ހަވީރު 16:45 ހާއިރު އަލުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާފައެވެ.

މި ހާދިސާއާ ގުޅިގެން ފްލައިޓުން ދަތުރުކުރި ފަސިންޖަރުންނަށް ލިބުނު ދަތިތަކާއި، ދަތުރުތައް އަލުން ތަރުތީބު ކުރެވޭނެ ގޮތަކާ ބެހޭ އިތުރު ތަފްސީލެއް އަދި ލިބިފައެއް ނުވެއެވެ. މެދުއިރުމަތީގެ މަސްރަހު ނުތަނަވަސްވެފައިވާ މި ދަނޑިވަޅުގައި، ބައިނަލްއަގުވާމީ ގިނަ އެއާލައިންތަކަކުން ދަނީ އެ ސަރަހައްދުގެ ދަތުރުތަކަށް ބަދަލުތައް ގެންނަމުންނެވެ.

މިއަދު އޮންލައިން