މި އަހަރު 31 ހާފިޒުން ދަސްވެނިވެ، ރައީސްގެ މެޑެއްޔާއި އިނާމު ހާސިލުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 7މ 38ސ
މި އަހަރު 31 ހާފިޒުން ދަސްވެނިވެ، ރައީސްގެ މެޑެއްޔާއި އިނާމު ހާސިލުކޮށްފި

ކީރިތި ޤުރުއާން ހިތުދަސްކުރާ ޙާފިޡުންގެ އަގުވަޒަންކުރުމަށާއި އެކަމަށް ހިތްވަރު ދިނުމުގެ ގޮތުން މުޅިން އަލަށް ބާއްވަން ފެށި "ޙާފިޡުންގެ ދަސްވެނިވުން" ހަފްލާގެ ތެރެއިން، މި އަހަރު 31 ޙާފިޡަކު ދަސްވެނިވެ ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި އިނާމު ހާސިލުކޮށްފިއެވެ.

ކީރިތި ޤުރްއާނާބެހޭ މަރުކަޒުން އިންތިޒާމްކޮށްގެން މިރޭ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. މި ރަސްމިއްޔާތުގައި ދަސްވެނިވި 31 ޙާފިޡުންނަށް ޙާފިޡުކަމުގެ ސަނަދާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ މެޑެއްޔާއި އިނާމު ހަވާލުކޮށްދެއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާއެވެ.

މިއަހަރު ދަސްވެނިވި ހާފިޒުންނަކީ:

1.     އަލްޙާފިޡާ ޢާއިޝަތު ނައުޝާ އިސްމާޢީލް, ޗަމަން، ނ.މިލަންދޫ ( 22 އަހަރު)

ޙިފްޡުކުރި މަރުކަޒު: އަފާފް ޤުރްއާން ކުލާސް، ށ. މިލަންދޫ

2.     އަލްޙާފިޡް އިބްރާހީމް މުޠީޢު މުޙައްމަދު، ޒަމާނީކުލަ، އއ.މަތިވެރި (14 އަހަރު)

ޙިފްޡުކުރި މަރުކަޒު: ބަޝާރަތުލް ޤުރްއާން ކުލާސް، އއ. މަތިވެރި

3.    އަލްޙާފިޡާ މަޢުޞޫމާ މުޙައްމަދު، ޕޫލްވާރީގެ، ސ.ހިތަދޫ (51 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

4.    އަލްޙާފިޡް އަނަސް ޢަބްދުﷲ، ގ.ގޮޅާގެ (21 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

5.    އަލްޙާފިޡް މުޙައްމަދު ޢިޔާން ޢަލީ އާދަމް، ޔާގޫތުގެ، ނ.ފޮއްދޫ (19 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

6.    އަލްޙާފިޡާ ޢާއިޝަތު ލީމް އަޙްމަދު، ވ.ދިހަވެހި (18 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

7.    އަލްޙާފިޡް އާކިފް އަބްދުއްސައްތާޜު، މިރު، ނ.މާފަރު (16 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

8.    އަލްޙާފިޡް މުޙައްމަދު ނައިސަމް ނަސީމް، ދަފްތަރު. ނަންބަރު ދރ 1365 (21 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

haafizun 1

9.    އަލްޙާފިޡާ ޙައްވާ ޒާހިރާ، މައުވާ، ސ.ހިތަދޫ (62 އަހަރު)

ޙިފްޡުކުރި މަރުކަޒު: އައި.އާރު. ޤުރްއާން ކުލާސް، ސ. ހިތަދޫ

10.އަލްޙާފިޡާ ފާޠިމަތު ޙުސައިންދީދީ، ދަޑިމަގު. ހުޅަގުގެ، ޏ. ފުވައްމުލައް (60 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒު، ޏ. ފުވައްމުލަކު ގޮފި

11.އަލްޙާފިޡް ޔޫސުފް އަޝްހަދު އަޝްރަފް، ހ.އީސްޓްލައިޓް (13 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

12.އަލްޙާފިޡާ ޢާއިޝަތު ޝަވްނީ، ނައިސް، ށ. މިލަންދޫ (19 އަހަރު)

ޙިފްޡުކުރި މަރުކަޒު: އަފާފް ޤުރްއާން ކުލާސް، ށ. މިލަންދޫ

13.އަލްޙާފިޡް މުސްލިމް އަނީސް ޙުސައިން،މިސްކިތްމަގު. މާވޭދެ، ޏ. ފުވައްމުލައް (43 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

14.އަލްޙާފިޡް ޚިޟްރް ބިން ޢިމާދު، މ. ރާމިޝް (18 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

15.އަލްޙާފިޡް ޒާން މުޙައްމަދު ޒަމީލު، ގާދޫ، ބ. އޭދަފުށި (20 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދާރުއްސަލާމް ޙިފްޡުލް ޤުރްއާން ކޮލެޖް، ކެރެލާ، އިންޑިއާ

16.އަލްޙާފިޡާ މަލްކާ މުޙައްމަދު ޙަބީބު، ވާދީ، ސ.ފޭދޫ (13 އަހަރު)

ޙިފްޡުކުރި މަރުކަޒު: ތަދުރީސުލް ޤުރްއާން، ސ. މަރަދޫ

haafizun 2

17.އަލްޙާފިޡާ ނަވާރު ބިންތި އަޙްމަދު، ވެލްކަމްވިލާ، ސ. މަރަދޫ (14 އަހަރު)

ޙިފްޡުކުރި މަރުކަޒު: ތަޙްފީޡު ސެންޓަރ، ސ. މަރަދޫ

18.އަލްޙާފިޡާ އާލާ އިބްރާހީމް ޒިޔާދު ޒަކަރިއްޔާ، ދަފްތަރު. ނަމްބަރު. ދރ 2272، މާލެ (16 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

19.އަލްޙާފިޡް މަރްޔަމް ރައްޔާ އަޙްމަދު، ނޫތަރިގެ، ހއ. އިހަވަންދޫ (21 އަހަރު)

ޙިފްޡުކުރި މަރުކަޒު: ނޫރުލް ޤުރްއާން، ހއ. އިހަވަންދޫ

20.އަލްޙާފިޡް ޔޫސުފް ޒަކްނޫން ޖުނައިދު، ހަދިޔާ، ޅ. ނައިފަރު (14 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

21.އަލްޙާފިޡް ޙަސަން ސިނާން، ގ. ހީނާހިޔާ (35 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

22.އަލްޙާފިޡް ޙުސައިން ޝިފާން، ގ. ހީނާހިޔާ (35 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

23.އަލްޙާފިޡް ޔޫސުފް ބިން މާޒިން، އުދަރެސް، ރ. އިނގުރައިދޫ (12 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

24.އަލްޙާފިޡާ ފާޠިމަތު މުޒްނާ މުޙައްމަދު، މިރަކަލް، ރ. އަލިފުށި (19 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

haafizun 3

25.އަލްޙާފިޡް ޢައްބާދު ބިން އަފްޟަލް، ހ. އަލިނަރުމާގެ (15 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

26.އަލްޙާފިޡް ޖާހް ޖިހާދު، ބިގްފިޝްގެ، ޅ. ނައިފަރު (12 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

27.އަލްޙާފިޡް މުޙައްމަދު ޢާސިރު، ހެޕީކޯނަރ، ގއ. ކަނޑުހުޅުދޫ (43 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

28.އަލްޙާފިޡާ އަމަތުއްރަޙްމާން ބިންތި ޢަބްދުﷲ، ގ. އާބާދީ (15 އަހަރު)

ޙިފްޡުކުރި މަރުކަޒު: ކީރިތި ޤުރްއާނާ ބެހޭ ޤައުމީ މަރުކަޒުގެ ޙިފުޡު ކުލާސް، މާލެ

29.އަލްޙާފިޡް އިބްރާހީމް ޝަބީބު މުޙައްމަދު، ހެލެގެލި، ޅ. ހިންނަވަރު (15 އަހަރު)

ޙިފްޡުކުރި މަރުކަޒު: ދަސްކުރީ އަމިއްލަގޮތުން

30.އަލްޙާފިޡް އަޙްމަދު އިކްމާލް އިބްރާހީމް، ހުޅުމާލެ ފްލެޓް 02 ޖީ 141 (13 އަހަރު)

ޙިފްޡުކުރި މަރުކަޒު: ޢިލްމް އިންސްޓިޓިއުޓް ފޮރ އިސްލާމިކް ސްޓަޑީޒް، މާލެ

31.އަލްޙާފިޡް ޔޫނުސް ބިން އަޙްމަދު، މ. ދެއްސަ (16 އަހަރު)

ޙިފްޡުކުރި މަރުކަޒު: ޢިލްމް އިންސްޓިޓިއުޓް ފޮރ އިސްލާމިކް ސްޓަޑީޒް، މާލެ

haafizun 4

މިއަހަރުގެ މި ހަފްލާއަކީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ އަދަދަކަށް ޙާފިޡުން ދަސްވެނިވި ރަސްމިއްޔާތެވެ. މިރޭ ދަސްވެނިވި 31 ޙާފިޡުންގެ އިތުރުން، އެކި ފަހަރުމަތިން ޙާފިޡުކަމުގެ ސަނަދު ހާސިލުކޮށްފައިވާ ޖުމްލަ 50 ފަރާތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ މެޑެއްޔާއި އިނާމު ވަނީ އަރުވާފައެވެ.

މިރޭ ދަސްވެނިވި ޙާފިޡުންގެ ތެރޭގައި ހިމެނެނީ 19 ފިރިހެން ޙާފިޡުންނާއި 12 އަންހެން ޙާފިޡުންނެވެ. މީގެ ތެރޭގައި 12 އަހަރާއި 21 އަހަރާ ދެމެދުގެ 23 ފަރާތަކާއި 21 އަހަރުންމަތީގެ 8 ފަރާތެއް ހިމެނެއެވެ. މިރޭ ދަސްވެނިވި ހާފިޡުންގެ ތެރޭ ހިމެނެނީ 1446 ވަނަ އަހަރުގެ ރޯދަ މަހުން ފެށިގެން މި ހިނގާ ރޯދަ މަހުގެ ނިޔަލަށް ޤުރްއާން ހިތުދަސްކޮށް، ގުރުއާނާ ބެހޭ ގައުމީ މަރުކަޒުން ކަނޑައަޅާފައިވާ ޝަރުތުތަކާ އެއްގޮތަށް ހިފްޒު އިމްތިހާނު ކޮމެޓީއަށް ކިޔައިދީފައިވާ ހާފިޡުންނެވެ.

ރާއްޖޭގައި ޙާފިޡުކަމުގެ އިމްތިހާނު ކުރިއަށްގެންދަނީ ވަރަށް އިތުބާރު ހުރި، ހަރުދަނާ އުސޫލުތަކެއްގެ ދަށުންނެވެ. މިގޮތުން ޙާފިޡުން އިމްތިހާނުކުރާ ކޮމިޓީގައި ތިއްބަވަނީ ރާއްޖޭގެ ތަޖުރިބާކާރު ޙާފިޡުންނެވެ. މި އިމްތިހާނުގެ ފެންވަރު ހިފެހެއްޓުމުގެ ގޮތުން، ކޮންމެ ދަރިވަރަކުވެސް ދުވާލަކު މަދުވެގެން އެއް ފޮތް ހިތުން ކިޔައިދީ، މުޅި ޤުރުއާން އެއްކޮށް ހިތުން ކިޔައިދީ ނިންމަންޖެހެއެވެ.

ޙާފިޡުން ދަސްވެނިވުމުގެ މި ޚާއްޞަ ރަސްމިއްޔާތަކީ ކީރިތި ޤުރުއާނަށް ދޭ އަހައްމިއްޔަތުކަން އިތުރުކުރުމަށާއި، ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް ހިތްވަރުދީ އެކަން މަތިވެރިކުރުމުގެ މަގުސަދުގައި 1447 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބޭއްވުމަށް ސަރުކާރުން ނިންމާފައިވާ ރަސްމިއްޔާތެކެވެ.

މި ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މިފަދަ ހަފްލާއެއް ބޭއްވުމުގެ މައިގަނޑު ބޭނުމަކީ އިސްލާމީ އުޞޫލުތަކާއި ދިވެހި ސަގާފަތުގެ ތެރެއިން ކީރިތި ޤުރުއާނަށް އޮންނަ ލޯބި އިތުރުކުރުމެވެ.

ކީރިތި ޤުރްއާނަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ޙާފިޒުންނަށް ދޭ އެލަވަންސް 4000 ރުފިޔާއަށް ބޮޑުކޮށް، ޤައުމީ ޤުރުއާން މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ވަނީ އިތުރުކޮށްފައެވެ. މީގެ ތެރޭގައި މުބާރާތުގެ ގޮފިތަކުން އެއްވަނަ ހޯދާ ފަރާތްތަކަށް ޕީއެޗްޑީއާ ހަމައަށް ކިޔެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި އެއްލައްކަ ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި 500 ޙާފިޒުން އުފެއްދުމެވެ. މިކަން ހާސިލުކުރުމަށްޓަކައި ރަށްރަށުގައި ޤުރުއާނާ ބެހޭ މަރުކަޒުގެ ގޮފިތައް ހުޅުވުމާއި، ހިފްޒު ކޮމިޓީތައް އިތުރުކުރުމާއި، ބޭރުގެ މުދައްރިސުން ގެނައުމުގެ އިތުރުން ޤުރުއާނާ ބެހޭ ޚާއްޞަ ވަޤުފު އިމާރާތެއް ބިނާކުރުމަށް ވަނީ ނިންމާފައެވެ.

މިއަދު އޮންލައިން