މިފްކޯއިން އައު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
މިފްކޯއިން އައު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފި

މޯލްޑިވްސް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ މަގުބޫލު ބްރޭންޑެއް ކަމަށްވާ ފަސްމީރު ބްރޭންޑުގެ ދަށުން "ރަންވަރު" ޕްރީމިއަމް އުފެއްދުންތަކުގެ ގޮތުގައި އައު އުފެއްދުންތަކެއް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ. މި އައު އުފެއްދުންތަކަކީ ދިވެހިންގެ ރަހަތަކާ ގުޅޭގޮތަށް ތައްޔާރުކޮށްފައިވާ ތަފާތު ބާވަތްތަކެކެވެ.

މިފްކޯއިން އަލަށް ބާޒާރަށް ނެރުނު އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ:

މި އުފެއްދުންތަކާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މައުލޫމާތު ދެއްވަމުން މިފްކޯގެ ސޭލްސް އެންޑް މާކެޓިންގ ޖެނެރަލް މެނޭޖަރު ޙަސަން ޒާހިދު ވިދާޅުވީ، އެކުންފުނީގެ އަމާޒަކީ ރައްޔިތުން ބަލައިގަންނާނެ ފަދަ އުފެއްދުންތަކެއް ބާޒާރަށް ނެރުން ކަމަށެވެ.

"އަޅުގަނޑުމެން ވީހާވެސް ބޮޑަށް މި ބަލަނީ ދިވެހިންނަށް ކަމުދާނެ އުފެއްދުންތަކެއް މާކެޓަށް ނެރެވޭތޯ. އެގޮތުން ރަންވަރު މި ބްރޭންޑް ތަޢާރަފުކޮށް މި ނެރެވުނު އުފެއްދުންތަކުގެ އިތުރަށް އަދި ކުރިއަށް އޮތްތާނގައިވެސް މިފަދަ ތަފާތު އުފެއްދުންތައް ރަންވަރު ބްރޭންޑްގެ ދަށުން ތަޢާރަފު ވެގެންދާނެ،" ޒާހިދު ވިދާޅުވިއެވެ.

މިފްކޯއިން އަލަށް ތަޢާރަފުކުރި މި އުފެއްދުންތަކަކީ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ ބާވަތްތަކެއް ކަމަށް އެ ކުންފުނިން ދެކެއެވެ. އަދި މިފަދަ އައު އުފެއްދުންތަކާއެކު ކުންފުނީގެ މާކެޓް ހިއްސާ އިތުރުވެގެންދާނެ ކަމަށްވެސް ބެލެވެއެވެ.

މިއަދު އޮންލައިން