މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ގުޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 51ސ
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކުން ގުޅުމަށް ހޮޓްލައިނެއް ގާއިމްކޮށްފި

މެދުއިރުމަތީގައި ފަށާފައިވާ ހަނގުރާމައާ ގުޅިގެން ދިވެހިރާއްޖެއިން ޢުމްރާގެ އަޅުކަން އަދާކުރުމަށް ދަތުރުކުރާ ފަރާތްތަކާއި، ޢުމްރާގެ އަޅުކަން އަދާކުރުމަށް މިހާރު މައްކާގައި ތިބި އެންމެހާ ފަރާތްތަކުން، އެފަރާތްތަކަށް ދިމާވާ ޚާއްސަ ހާލަތްތަކާ ގުޅިގެން މަޢުލޫމާތު ޙިއްސާކުރުމާއި މަޢުލޫމަތު ހޯދުމަށް، އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްސަ ހޮޓްލައިނެއް ގާއިމްކޮށްފިއެވެ.

މިކަމަށްޓަކައި އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ގާއިމްކޮށްފައިވާ ހޮޓްލައިން ނަމްބަރަކީ:

އަދި ޚާއްސަ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު +966506894477)) އާއި ސަޢުދީ ޢަރަބިއްޔާގެ ޖިއްދާގައި ގާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު +966530838329)) އަށް ވީ އެންމެ އަވަހަކަށް އެންގެވުމަށް ވުޒާރާއިން އެދެއެވެ.

މައްކާގައި ތިބި ޢުމްރާވެރީންގެ ކަންކަން މި ވުޒާރާގެ ފަރާތުން ދަނީ ވަރަށް ގާތުން ބަލަމުންނެވެ.

މިއަދު އޮންލައިން