އިންޓަނޭޝަންލް ވެޓެރިނަރީ ހެލްތް ސަރޓިފިކެޓް ދޫކުރާނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 14ސ
އިންޓަނޭޝަންލް ވެޓެރިނަރީ ހެލްތް ސަރޓިފިކެޓް ދޫކުރާނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮޓޯރިޓީ (އެމްއެފްޑީއޭ) އިން މީގެ ކުރިން ދޫކުރަމުން ދިޔަ ދިރޭ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދަ އާއި، ދިރޭ މަސް ޝިޕްމެންޓްތަކަށް ބޭނުންވާ އިންޓަނޭޝަންލް ވެޓެރިނަރީ ހެލްތް ސަރޓިފިކެޓް ދޫކުރުމުގެ މަސައްކަތް މިހާރު ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ކުރަމުންދާ ކަމަށް އެ ވުޒާރާއިން ހާމަކޮށްފިއެވެ.

މި ބަދަލަކީ އެމްއެފްޑީއޭގެ ދަށުން ކުރަމުންދިޔަ ދިރޭ މަސް އެކްސްޕޯޓްކުރުމުގެ އެންމެހާ ކަންތައްތައް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ދަށަށް ބަދަލުކުރުމާ ގުޅިގެން ގެނެވުނު ބަދަލެކެވެ. މި ބަދަލާއެކު، ރާއްޖެއިން ބޭރަށް ދިރޭ މަސް ފޮނުވުމަށް ބޭނުންވާ ރަސްމީ ހުއްދަތަކާއި ސިއްހީ ސާޓިފިކެޓްތައް ދޫކުރާނެ އިދާރާއަކީ މިހާރު ދަނޑުވެރިކަމާ ބެހޭ ވުޒާރާއެވެ.

ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި، ދިރޭ މަސް އެކްސްޕޯޓް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލެވިފައެވެ. އެގޮތުން، އެ ވުޒާރާގެ އޮންލައިން ޕޯޓަލް (aos.egov.mv) މެދުވެރިކޮށް އެކްސްޕޯޓް ހުއްދައަށް އެދި ފަސޭހަކަމާއެކު ހުށަހެޅޭނެ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި އިންތިޒާމުގެ ސަބަބުން ދިރޭ މަހުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، މަސައްކަތްތައް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

މިއަދު އޮންލައިން