ސިއުޒާ
ލޮލުގެ ފަރުވާ:
ހަމަ އެންމެ 3 ދުވަސްތެރޭގައި ތިބާގެ ލޯ ސާފުވެ ކުރިއަށްވުރެ އަލިވާނެއޭ ބުނެފިނަމަ ޤަބޫލުކުރައްވާނަންތޯ؟
ޙަޤީގަތަކީ ވަރަށް އާދައިގެ ބައެއް އެއްޗެހި އެއްކޮށްލައިގެން އުފެއްދާލެވޭ އެއްޗަކުން އެ ރަނގަޅު ގޮތުގައި ބޭނުން ކުރެވުމުން ލޮލުގެ ސިއްޙަތު މުޅިން ބަދަލު ކޮށްލެވިދާނެކަމެވެ.
ބޭނުންވާނެ ތަކެތި:
2 ކެރެޓް ( ތޮށި މަށާލާފައި ކުދިކުދިކޮށް ކޮށްލާފައި) ކެރެޓްގައި ހިމެނޭ ބީޓަކެރެޓީން އަދި އެންޓި އޮކްސިޑެންޓްސް ގުދުރަތީ ޝީލްޑެއް ގޮތުގައި މަސެއްކަތް ކުރެއެވެ.
1 ފެހި އާފަލު ( ތޮށި މަށާލާފައި ކުދިކުދިކޮށް ކޮށްލާފައި) ފެހި އާފަލުގައި ހިމެނޭ ވިޓަމިން ސީ އަދި ފްލެވަނޮއިޑް ގެ ސަބަބުން ކެޓަރެޓްސްގެ ނުރައްކާ ދުރުކޮށްދެއެވެ.
50 އަހަރުން މަތީގެ ގިނަ މީހުންނަށް މި މައްސަލަ ދިމާވެއެވެ.
1 ލުނބޯ ( ތޮށި މަށާލާފައި ފޮތި ކޮށްލާފައި) ވިޓަމިން ސީ އިން މުއްސަނދިވެފައިވާ ލުނބޯލުން ލޮލުގެ ބްލަޑް ވެސަލްސް ބާރުގަދަ ކޮށްދީ ލޮލުގެ އެކި ބަލިތަކުން ރައްކާތެރި ކޮށްދެއެވެ.
2 ޕްލަމް ( ކޮށާލާފައި) ޕްލަމްގައި ހިމެނޭ ވިޓަމިން އޭ ގެ ސަބަބުން ހެލްތީ އޮޕްޓިކް ނާވް މެއިންޓެން ކުރުމަށް އެހީވެދެއެވެ.
އިނގުރުކޮޅެއް ( ގާނާލާފައި) އިނގުރުން ސާކިޔުލޭޝަން ރަނގަޅު ކޮށްދީ ލޮލުގެ އެންމެ ހިމަ ނާރަށްވެސް ލެ ފޯރުކޮށްދެއެވެ. އަދި އިންފްލެމޭޝަން ދުރުކޮށްދެއެވެ.
300 މިލިލީޓަރު ފެން.
ހުރިހާ އެއްޗެއް އެއްކޮށް މިކްސަރަށް އަޅާލާށެވެ. އަދި 300 މިލިލީޓަރުގެ ފެން އެއްކޮށްލާށެވެ. އަދި ރަނގަޅަށް ގިރާލުމަށްފަހު ފުރާނާލާށެވެ.
މި މިކްސްޗަރ ތައްޔާރު ކުރައްވާނީ ރޭނގަޑުއެވެ. ތައްޔާރު ކޮށްލާފައި ބަހައްޓާށެވެ. އަދި އަނެއްދުވަހުގެ ހެނދުނު ހުސްބަނޑާހުރެ މީގެ ތައްޓެއް ބޯލާށެވެ. މިގޮތަށް 14 ދުވަސްވަންދެން މި ބޭނުން ކުރާށެވެ. އެއަށް ފަހު 3 ދުވަހަށް މެދުކަނޑާލާށެވެ.
ސައިންސްގެ ހޯދުންތަކުންވެސް އެނގޭ ގޮތުގައި ޕްރޮޓީންގެ ބާވަތެއް ކަމަށްވާ ބީޓާކެރެޓިން،ވިޓަމިން ސީ، ވިޓަމިން އޭ އަދި އެންޓި އިންފްލެމެޓަރީ އެއްކޮށް މަސެއްކަތް ކުރާނަމަ ބަލިތަކުން ރައްކާތެރި ވުމާއި، ލޮލުގެ ފެނުން ރަނގަޅަށް މެއިންޓެއިން ކުރުމާއި އަދި އިންފެކްޝަންތަކުން ރައްކާތެރި ކޮށްދިނުމަށް އެހީތެރި ވެދޭނެއެވެ.
- މަޢުލޫމާތު: ޞިއްޙީ ޚަބަރު