ރޯދަމަހުގެ ފަހުދިހައިގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް 4 ދުވަހު ދޭނެ: ޑީއެންއާރު

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 12ސ
ރޯދަމަހުގެ ފަހުދިހައިގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް 4 ދުވަހު ދޭނެ: ޑީއެންއާރު

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ މުއްދަތުގެ ތެރޭގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރުމުގެ ޚިދުމަތް ހަތަރު ދުވަހަކު ދިނުމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ނިންމައިފިއެވެ.

ޑީއެންއާރުން ހާމަކުރައްވާފައިވާ ގޮތުގައި، ފަހު ދިހައިގެ ބަންދު ދުވަސްތަކުގެ ތެރެއިން އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ދޭން ހަމަޖެހިފައިވަނީ މާރިޗު މަހުގެ 11، 15، 17 އަދި 19 ވަނަ ދުވަހުއެވެ. މި ހަތަރު ދުވަހުވެސް ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 އިން މެންދުރުފަހު 13:00 އަށެވެ.

މާލެ ސަރަހައްދުގައި އައިޑީކާޑު ދޫކުރުމުގެ ޚިދުމަތް ދިނުމަށް ވަކި އޮފީސްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން:

މާލޭގައި: ޑީއެންއާރު ހެޑް އޮފީސް

ހުޅުމާލެ ފިޔަވަހި 1 ގައި: އުމަރު ޒާހިރު ބިލްޑިންގ

ހުޅުމާލެ ފިޔަވަހި 2 ގައި: ވިނަރެސް ޓަވަރ 2

ވިލިމާލޭގައި: ޑީއެންއާރު ވިލިމާލެ އޮފީސް

މީގެ އިތުރުން، އެ އިދާރާއިން ވިދާޅުވީ އިމަރޖެންސީ ހާލަތްތަކުގައި ޚިދުމަތް ބޭނުންވާ ފަރާތްތަކުން ޑީއެންއާރުގެ ހޮޓްލައިން ނަންބަރު 7280368 އަށް ގުޅުމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

ސަރުކާރުން ވަނީ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ އަޅުކަމަށް ފުރުސަތު ދިނުމުގެ ގޮތުން ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ހަމަޖައްސާފައެވެ. ނަމަވެސް ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މިއަދު އޮންލައިން