ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެ ގެންނަނީ

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 27ސ
ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ އުޅަނދެއް ޖަޕާން ސަރުކާރުގެ އެހީގައި ރާއްޖެ ގެންނަނީ

ޖަޕާން ސަރުކާރުގެ އެހީގައި ދޮށީ އުމުރުގެ މީހުން ދަތުރުކުރުމަށް ބޭނުންވާ ޚާއްޞަ އުޅަނދެއް ރާއްޖެ ގެނައުމަށްޓަކައި އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި އެއްބަސްވުމުގައި ޖަޕާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި ދިވެހި ރެޑް ކްރެސެންޓުގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ ސެކެޓްރީ ޖެނެރަލް އަޙްމަދު ޝާބިންއެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ސަފީރު އިޝިގާމީ ރުމީކޯ ވިދާޅުވީ، މި ވެހިކަލްގެ ސަބަބުން މާލޭގައި ދިރިއުޅޭ އުމުރުން ދުވަސްވީ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ދިމާވާ ދަތިތަކަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ. ޚާއްޞަކޮށް މާލޭގެ ތޮއްޖެހިފައިވާ މާޙައުލުގައި ދޮށީ އުމުރުގެ މީހުންނަށް މިފަދަ އުޅަނދެއްގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރު އިތުރަށް ވިދާޅުވީ، "އުމުރުން ދުވަސްވީ މީހުންގެ އާބާދީ މާލޭގަވެސް އިތުރުވަމުން ދާއިރު، ޞިއްޙީ ޚިދުމަތަކީ ވަރަށް ބޮޑު މައްސަލައެއް. މި ޕްރޮޖެކްޓުގެ ދަށުން އުމުރުން ދުވަސްވީ މީހުންނަށް ރައްކާތެރިކަމާއެކު ދަތުރު ކުރެވޭނެ. މި ވެހިކަލްތަކުގެ ސަބަބުން ނާޒުކު ހާލަތްތަކުގައި ޞިއްޙީ ހާލަތު ރަނގަޅުވެ، ކުއްލި ޙާލަތްތަކުގައި ބުރަ ކުޑަވެގެންދާނެ."

މި އުޅަނދަކީ ދޮށީ އުމުރުގެ މީހުންނަށް ފަސޭހައިން އަރާފޭބޭނެ ގޮތަށް ފަރުމާކޮށްފައިވާ އުޅަނދަކަށް ވާއިރު، މީގެ ސަބަބުން އެފަރާތްތަކަށް ޞިއްޙީ ފަރުވާ ހޯދުމަށާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށް ބޭރަށް ނުކުމެ އުޅުމުގައި ރައްކާތެރިކަން ކަށަވަރުވެގެންދާނެއެވެ.

މިއަދު އޮންލައިން