ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ ނުފުރިފަ ތިބި މީހުންނަށް ޢުމްރާއަށް ދެވޭނެ ގޮތް ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމަށް ހަމަޖައްސައިދެނީ!

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 37ސ
ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ ނުފުރިފަ ތިބި މީހުންނަށް ޢުމްރާއަށް ދެވޭނެ ގޮތް ރައީސް ޑރ. މުޢިއްޒުގެ އެދިވަޑައިގަތުމަށް ހަމަޖައްސައިދެނީ!

ހަނގުރާމައާ ގުޅިގެން ފްލައިޓްތައް ކެންސަލްވެ ނުފުރިފަ ތިބި މީހުންނަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ޢުމްރާއަށް ދެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމީވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީމްގެ ބަސްފުޅު: އެކި ކުންފުނިތަކުން އުމްރާއަށް ދިއުމަށް އުޅުނު ފަރާތްތަކަށް ނުފުރިފައިވުމާއި ބައެއް ޤައުމުތައް މެދުވެރިކޮށް ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، އެޤައުމުތަކުގެ ޕްލައިޓްތައް ކެންސަލްވުމުން ނުފުރިފަ ތިބި ފަރާތްތައް ޢުމްރާއަށް ފުރުވޭނެ ގޮތެއް ހޯދުމަށް ޢިއްޒަތްތެރި ރައީސުލްޖުމުހޫރިއްޔާ އިރުޝާދު ދެއްވާފައިވުމާއެކު، ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް މިނިސްޓްރީއާއި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނާއި މޯލްޑިވިއަން ގުޅިގެން ފަށާފައިވާ ވާހަކަ ދަންނަވަން. މިވަގުތާހަމަ އަށް 150 މީހުން ފުރަން ބޭނުންވެފަ ތިބިކަން ވަނީ ފާހަގަކުރެވިފަ. ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެ ނަމަ މީގެ އިތުރުން ވެސް ޖާގަ އެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން ދެވޭނެ ވާހަކަ ދަންނަވަން. ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ހުރި ދަތިތައް ޙައްލުވޭތޯ މަސައްކަތްކުރަމުންދާ ވާހަކަ ދަންނަވަން . މި ފުރުޞަތުގައި، ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަން ހައްލުކޮށްދެެއްވުމަށް ޢިއްޒަތްތެރި ރައީސް ޑރ މުޢިއްޒު ބަހައްޓަވަމުން ގެންދަވާ އަހައްމިއްޔަތަށްޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ރައީސަށް ޝުކުރު އަރިސްކުރަން. އަދި މޯލްޑިވިއަންއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ޝުކުރު ދަންނަވަން. މިފަދަ ކޮންމެ ކަމެއްގައި ވެސް ދިވެހިރައްޔިތުންނަށް ދެއްވާ އެހީތެރިކަން ފާހަގަކުރަން. ދަތުރުގެ ޚަރަދު ކުރާނީ އެހެންޏާ ވެސް ޢުމްރާ ދަތުރުގައި އޮންނަ އުޞޫލުން ޢުމްރާވެރިންނެވެ. މާތް ﷲ ތައުފީޤު ދެއްވާށި. އާމީން.

މިއަދު އޮންލައިން