އެންމެ ފުރިހަމަ އަދި އެންމެ މަތިވެރި ދުޢާތަކުގެ ތެރޭގައި ހިމެނޭ ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 29ސ
އެންމެ ފުރިހަމަ އަދި އެންމެ މަތިވެރި ދުޢާތަކުގެ ތެރޭގައި ހިމެނޭ ދުޢާއެއް!

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله ވިދާޅުވިއެވެ. 

"އެންމެ ފައިދާކުރަނިވި، އެންމެ މަތިވެރި އަދި އެންމެ ފުރިހަމަ ދުޢާތަކުގެ ތެރޭގައި ފާތިޙާ ސޫރަތުގައިވާ ދުޢާ ހިމެނެއެވެ. (އެއީ)

اهْدِنَا الصِّرَاطَ الْمُسْتَقِيمَ ﴿٦﴾ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ ﴿٧﴾ [سورة الفاتحة] 

މާނައީ: "ސީދާވެގެންވާ ތެދުމަގަށް އަޅަމެންނަށް މަގު ދައްކަވާނދޭވެ. (6)  އެބޭކަލުންނަށް އިބައިލާހު ނިޢުމަތް ލެއްވި ބޭކަލުންގެ މަގެވެ. އެބައިމީހުންގެ މައްޗަށް ކޯފާ ލެއްވުނު މީހުންގެ މަގެއް ނޫނެވެ. އަދި މަގުފުރެދުނު މީހުންގެ މަގެއްވެސް ނުމެ ނޫންމެއެވެ. (7)"  

"ފަހެ ހަމަކަށަވަރުން އެއިލާހު މީހަކަށް ހިދާޔަތު ދައްކަވައިފިނަމަ: އެއިލާހަށް ކިޔަމަންތެރިވުމުގައާއި އެއިލާހަށް އުރެދުމުން ދުރުހެލިވުމުގައި އެމީހަކަށް ވާގިވެރިވެވޮޑިގަންނަވައެވެ. "

އޭރުން ދުނިޔެއާއި އާޚިރަތުގައިވެސް އެމީހަކަށް ނުބައިކަމެއް މެދުވެރި ނުވާނެއެވެ." 

- مجموع الفتاوى (١٤ / ٣٢٠)" 

- ޝައިޚް ޢިމްރާން މުޙައްމަދު ޢަލީ

މިއަދު އޮންލައިން