ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ޤާއިމްކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 19ސ
ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ޤާއިމްކޮށްފި

ދ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ކިޔަވަމުންދާ ދަރިވަރުންގެ ހުނަރުތައް ތަރައްޤީކުރުމަށްޓަކައި އެ މަރުކަޒުގައި މަލްޓިމީޑިއާ ސްޓޫޑިއޯއެއް ޤާއިމްކޮށްފިއެވެ. މިއީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކޮމިއުނިޓީ ފަންޑުގެ ދަށުން ކުރިއަށް ގެންދިޔަ މަޝްރޫޢެކެވެ.

މި ސްޓޫޑިއޯއަކީ މިދިޔަ އަހަރު ބޭންކް ފަންޑް ކާމިޔާބުކުރި އެއް ފަރާތްކަމަށްވާ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީ (ޔޫއައިއެސް) އިން ގާއިމްކުރި ތަނެކެވެ. ބީއެމްއެލްއިން ހާމަކުރި ގޮތުގައި، ޔޫއައިއެސްގެ މައިގަނޑު އަމާޒަކީ މި ސްޓޫޑިއޯ މެދުވެރިކޮށް ދަރިވަރުންގެ މީޑިއާ ދާއިރާގެ ހުނަރާއި ތަޖުރިބާ އިތުރުކުރުމެވެ.

މި ސްޓޫޑިއޯގެ ސަބަބުން ދަރިވަރުންނަށް ވީޑިއޯ އުފެއްދުމަށާއި، އިވެންޓްތައް ބްރޯޑްކާސްޓްކުރުމަށާއި، ވީޑިއޯ ރިޕޯޓް ތައްޔާރުކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، އެ މަރުކަޒުގެ ރަސްމީ ޔޫޓިއުބް ޗެނަލަށް ބޭނުންވާ ތައުލީމީ ކޮންޓެންޓް އުފެއްދޭނެ ތަމްރީނުދޭ އަދި އުފެއްދުންތެރި ތަނެއްގެ ގޮތުގައި މިސްޓޫޑިއޯ ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

މި ސްޓޫޑިއޯ ހިންގާ ބެލެހެއްޓުމުގެ މަސައްކަތް ކުރާނީ ސްކޫލާއި ޔޫއައިއެސް ޖަމްޢިއްޔާގެ ޚާއްސަ ޓީމަކުންނެވެ. އަދި މިތަނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފައި، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ގޮތަށް ހިންގުމަށްޓަކައި ގަވާއިދުން ތަމްރީނު ދިނުމާއިއެކު، އެކަށީގެންވާ ގޮތެއްގައި ތަން ބެލެހެއްޓޭނެ އިންތިޒާމްތައް މިހާރު ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން