އެފް.އައި.ޔޫ ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން އައްޔަންކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 53ސ
އެފް.އައި.ޔޫ ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން އައްޔަންކޮށްފި

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ދަށުން ހިންގަމުންދާ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފް.އައި.ޔޫ) ގެ އިސްވެރިޔާގެ މަގާމަށް މުޙައްމަދު އިޝާން އައްޔަންކުރައްވައިފިއެވެ.

އެފް.އައި.ޔޫގެ އިސްވެރިޔާގެ މަގާމަށް އިޝާން ހޮވިވަޑައިގަތީ އެ މަގާމަށް ކުރިމަތިލުމަށް އެމް.އެމް.އޭގެ މުވައްޒަފުންގެ ތެރެއިން ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން އިންޓަވިއު ކުރުމަށްފަހުގައެވެ. މި މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އިޝާން ހުންނެވީ އެމް.އެމް.އޭ ގެ ހެޑް އޮފް ފައިނޭންސްގެ މަގާމުގައެވެ.

ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓަކީ މަނީ ލޯންޑަރިންގ އާއި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން، އެފަދަ ކަންކަން ހުއްޓުވުމުގެ މަސައްކަތްތައް ވިލަރެސްކުރުމަށް އުފައްދާފައިވާ މުހިންމު އިދާރާއެކެވެ. މި ޔުނިޓަކީ އެމް.އެމް.އޭގެ ތެރޭގައި ގާއިމުކޮށްފައި އޮތް ނަމަވެސް، އޮޕަރޭޝަނަލް ގޮތުން މިނިވަންކަމާއެކު މަސައްކަތްކުރާ ޔުނިޓެކެވެ.

މިއަދު އޮންލައިން