ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާގޮތަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 20ސ
ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދާގޮތަށް ނިންމައިފި

މި އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުން ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމައިފިއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވިލަރެސްކޮށްގެން ކުރިއަށްގެންދާ މި ހަރަކާތްތައް ރޭވިފައިވަނީ "ޢީދުހަވީރު 1447" ގެ ނަމުގައެވެ.

މި ހަރަކާތުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 9 ކުންފުންޏަކުން ބައިވެރިވާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އަހަރުގެ ޢީދުހަވީރުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިއުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ އަދި އެމްޓީސީސީ ހިމެނެއެވެ.

މިމަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތްތައް ކުރިއަށްދާނީ އެ ދުވަހުގެ ހަވީރު 16:00 އިން 18:00 އަށެވެ. މި ހަރަކާތްތައް މާލެއާއި ހުޅުމާލޭގެ އިތުރުން ވިލިމާލޭގައި ވެސް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ.

މާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ ސަލްޓަން ޕާކުން ފެށިގެން އިސްލާމީ މަރުކަޒުގެ މައިދާނާއި ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަން ސަރަޙައްދު ހިމެނޭ ގޮތަށެވެ. ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައިވަނީ ސެންޓްރަލް ޕާކާއި ފޭސް 2 ގެ ހިޔާ ޕާކް ސަރަޙައްދުގައެވެ. އަދި ވިލިމާލޭގައި މި ހަރަކާތްތައް ކުރިއަށްދާނީ އެ ރަށު ފުޓްބޯޅަ ދަނޑުގައެވެ.

މި ޢީދު ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމުގެ ތަފާތު އައިޓަމްތައް ފެނިގެންދާނެއެވެ. އަދި ޢީދުގެ އުފަލުގައި ބައިވެރިވާ ކުޑަކުދިންނާއި އާންމުންނަށް ޢީދު ހަދިޔާ ދިނުން ވެސް މި ހަރަކާތުގެ ތެރެއިން ކުރިއަށްދާނެ ކަމަށް މަޢުލޫމާތު ލިބެއެވެ.

މިއަދު އޮންލައިން