އިއްތިހާދު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 4ސ
އިއްތިހާދު އެއާވޭސްގެ ދަތުރުތައް އަލުން ރާއްޖެއަށް ފެށުމަށް ނިންމައިފި

ހަނގުރާމައިގެ ސަބަބުން މެދުކަނޑާލާފައި އޮތުމަށްފަހު، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ގައުމީ އެއާލައިން، އިއްތިހާދު އެއާވޭސް އިން ރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށާނެކަން އެ އެއާލައިނުން ހާމަކޮށްފިއެވެ.

އިއްތިހާދު އެއާވޭސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއަދުން ފެށިގެން މި ހިނގާ މާޗު މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށް އެ އެއާލައިނުގެ ދަތުރުތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ވަކި ހާއްސަ މަންޒިލުތަކަކަށް ކަމަށެވެ. މީގެ ތެރޭގައި ދިވެހިރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުވެސް ހިމެނެއެވެ.

އެ އެއާލައިނުން މައުލޫމާތު ދޭ ގޮތުގައި، މި ދަތުރުތައް އަލުން ފެށުމަށް ނިންމާފައިވަނީ ކަމާބެހޭ އިދާރާތަކާ ގުޅިގެން ސަލާމަތީ ގޮތުން ބަލަންޖެހޭ އެންމެހާ ކަންކަން ފުރިހަމައަށް ކަށަވަރު ކުރުމަށްފަހުގައެވެ. މިއީ ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެޅި ފިޔަވަޅެއް ކަމަށްވެސް އެ އެއާލައިނުން ފާހަގަކުރެއެވެ.

މި މުއްދަތުގެ ތެރޭގައި އަބޫދާބީއާއި ދުނިޔޭގެ މުހިންމު 25 މަންޒިލަކާ ދެމެދު ދަތުރުތައް ކުރިއަށްދާނެއެވެ. ރާއްޖޭގެ އިތުރުން މި ލިސްޓުގައި ހިމެނޭ ބައެއް މުހިންމު ސިޓީތަކުގެ ތެރޭގައި ލަންޑަން، ނިއުޔޯކް، ފްރެންކްފަޓް، މިލާން، ޕެރިސް، ޓޮރޮންޓޯ، ކުއާލަލަމްޕޫރު، ކޮލަމްބޯ އަދި ބެންކޮކް ހިމެނެއެވެ.

މިއަދު އޮންލައިން