ސީޕީއެސް އާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ: ރައީސް

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ސީޕީއެސް އާއެކު އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެ: ރައީސް

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމްކުރާ ސެންޓްރަލް ޕަވަރ ސްޓޭޝަނާއެކު އެ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިކަން ހާމަކުރެއްވީ ޕީއެންސީގެ ފަރާތުން ބޭއްވި "ދަ ގްރޭޓަރ އައްޑޫ އިވެންޓް" ގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ މިއަދު ދިމާވެފައިވާ މައްސަލައެއް ނޫންކަމަށާއި، އެތައް ދައުރެއް ނިމިގެންދިޔައިރުވެސް އެކަމަށް އެދެވޭ ހައްލެއް ގެނެސްދެވިފައި ނުވާކަމަށެވެ. ނަމަވެސް މި ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގެ އިޤްތިޞާދު ހަރުދަނާކުރުމާއެކު ތަރައްޤީގެ މަޝްރޫޢުތައް ބާރުސްޕީޑުގައި ކުރިއަށް ގެންދިޔުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަޝްރޫޢުގެ ތަފްސީލު ހިއްސާކުރައްވަމުން ރައީސް ވިދާޅުވީ، 26 މެގަވޮޓުގެ ކަރަންޓު ފޯރުކޮށްދޭނެ ނިޒާމު މި އެއްބަސްވުމުގެ ދަށުން ޤާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި އަންނަ އަހަރުގެ ޖުލައި މަހަށް މުޅި މަޝްރޫޢު އެއްކޮށް ނިންމާލެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.

"މިއަންނަ އަހަރުގެ ޖުލައިމަހާ ހަމައަށްދާއިރު އިރާދަކުރެއްވިއްޔާ މުޅިން އެކުގައި މި މަޝްރޫޢު ނިމި، ކުރިއަށްއޮތް 20 އަހަރު ދުވަހަށް އައްޑޫސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުވެެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، އައްޑޫ ސިޓީގެ ތަރައްޤީއަށްޓަކައި ކަރަންޓުގެ މަޝްރޫޢުގެ އިތުރުންވެސް ގިނަ މަސައްކަތްތަކެއް ސަރުކާރުން މިހާރުވެސް ކުރިއަށް ގެންދަމުންދާކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިއަދު އޮންލައިން