ނިއުރޯ ސާޖަރީތަކަށް ބޭނުންކުރާ "އިންޓްރާ އޮޕަރޭޓިވް ނިއުރޯމޮނިޓަރިން" ގެ ޚިދުމަތް އައި.ޖީ.އެމް.އެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލްގައި ފަށައިފިއެވެ.
އައިޖީއެމްއެޗް ބުނީ މިއީ ޓެކްނޮލޮޖީގެ އަލީގައި އޮޕަރޭޝަން ކުރަމުންދާ ވަގުތު ނާރުތަކަށް ލިބިދާނެ ގެއްލުންތައް ވަގުތުން ދެނެގަނެ، ސާޖަރީތަކުގައި ނާރުތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރެވި، ބަލިމީހާގެ ރައްކާތެރިކަން އިތުރަށް ކަށަވަރުވެގެންދާނެ ކަމެއް ކަމަށެވެ.
އަދި މިއީ ބަލިމީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި،ފަރުވާގެ ފެންވަރު މަތިކުރުމަށް އެ ހޮސްޕިޓަލުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހޯދި މުހިންމު ކުރިއެރުމެއް ކަމުގައި އެހޮސްޕިޓަލުން ވަނީ ފާހަގަކުރައްވާފައެވެ.
ހަބަރު: ސަރުކާރު