3 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 21ސ
3 ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފި

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ފަސޭހަ ކަމާއިއެކު ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ ތިން ރަށެއްގައި ފިއުލް ސްޓޭޝަންތައް ޤާއިމްކޮށް ޚިދުމަތް ދޭން ފަށައިފިއެވެ. މިއީ އަތޮޅުތެރޭގެ ރަށްތަކަށް ބޭނުންވާ ތެޔޮ ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫޢެކެވެ.

މި ސަރުކާރު ވެރިކަމާއި ޙަވާލުވީއިރު މަސްވެރިންގެ ފަރާތުން ގިނަ ކަންބޮޑުވުންތަކަކާއި ޝަކުވާތަކެއް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއް ޝަކުވާއަކީ، އަތޮޅުތެރެއިން ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމްތަކެއް ހަމަޖެހިފައި ނެތުމެވެ. މިކަމުގެ ސަބަބުން މަސްވެރިކަމުގެ ޚަރަދުތައް ބޮޑުވެ، މަސްވެރިންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވެއެވެ.

މި މައްސަލައަށް ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުމަށް ސަރުކާރުން ވަނީ ރާއްޖޭގެ ކޮންމެ އަތޮޅެއްގައި ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖައްސަވައި ދެއްވުމަށް ފިއުލް ސްޓޭޝަންތަކެއް ޤާއިމްކުރުމުގެ މަސައްކަތް ފައްޓަވާފައެވެ. މި މަޝްރޫޢުގެ ދަށުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފިއުލް ސްޓޯރޭޖްތައް ޤާއިމުކުރުމަށް ނިންމަވާފައެވެ.

މި ސްޓޯރޭޖުތަކުގެ ތެރެއިން އެންމެ ފުރަތަމަ އެފްއެސްއެމްގެ ފިއުލް ސްޓޯރޭޖް ހުޅުވާފައިވަނީ 2025 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައެވެ. މި އިންތިޒާމާއެކު މަސްވެރިންނަށް ލުއިފަސޭހަވެ، ތެލަށް ކުރާ ހޭދަ ކުޑަވެގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.

މިއަދު އޮންލައިން